Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

މިރޭގެ އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެއްޖެ

މާލޭ ބޮޑުތަކުރުފާނުގެ މަގުގައި އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އެމްޓިސީސީގެ ބަހަކާއި ޕްރައިވެޓް ކާރެ ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވާކަމަށް އައިޖީއެމްއެޗުންވަނީ ބުނެފަ އެވެ.


މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކް ހިމެނޭ ސަރަހައްދުގަ އެވެ.  

އެކްސިޑެންޓުގައި ހަތަރު ފިރިހެނުންނާއި ދެ އަންހެނުންނަށް ސީރިއަސް އަނިޔާތަކެއްލިބި ފައިވާއިރު، އޭގެ ތެރެއިން އަންހެނަކު ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.ދެން މިއެކްސިޑެންޓުގައި އަނިޔާވި މީހުންގެ ހާލުވެސް ސީރިއަސްކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއްކަމަށް ފުލުހުން ބުނެފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް އެމަގުން ދިޔައެހެން ކާރެއްގައި ޖެހިކޮންޓްރޯލު ނުވެ ގޮސް އެމަގުންދިޔަ ބަހެއްގައި ޖެހިގެން ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ