ދިވެހި ރުފިޔާގެ ނިޝާނެއް އަލަށް ފަރުމާކޮށް، އެ ނިޝާން މިއަދު އިފުތިތާހުކުރަން ނިންމައިފިއެވެ.
ދިވެހި ރުފިޔާގެ ނިޝާނެއް ކަނޑައެޅުމަށް ޚާއްޞަ މުބާރާތެއް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭއްވީ ފާއިތުވި 2021 ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. އެ މުބާރާތުގައި ގިނަ ބަޔަކު ބައިވެރިވެ ތަފާތު ފަރުމާތައް ހުށަހަޅާފައިވެއެވެ.
އެ މުބާރާތުގެ ބައިވެރިން ހުށަހެޅި ތަފާތު ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް 20،000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމާފައިވެއެވެ. މިއަދު އެމްއެމްއޭގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައި އެންމެ ފުރިހަމަ ފަރުމާ ދައްކައިލުން އޮންނާނެއެވެ.
މި ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަމުގެ ބަދަލުގައި ބޭނުންކުރާ ރަމްޒެކެވެ.
މިއަދު މި ރަމްޒު ދައްކައިލުމުގެ ހަފުލާ އޮންނާނީ 1.45 ގައި އެމްއެމްއޭގައެވެ. އެ ރަމްޒަކީ އެކި ފޮންޓުގައި އެކި ބޮޑުމިނުގައި އޭގެ ބައްޓަމަށް ބަދަލެއް ނައިސް ބޭނުންކުރެވޭނެ ރަމްޒެކެވެ.