Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދަތުރުތަކަށް 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފި

ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 6 ފެބްރުއަރީ ގެ ނިޔަލަށް ދައުލަތުން ދަތުރުތަކަށް 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީއިން ނެރޭ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުން 1 ޖެނުއަރީ 2020 އިން ފެށިގެން 6 ފެބްރުއަރީ 2020 ގެ ނިޔަލަށް ދަތުރުތަކަށް ވަނީ 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މި އަހަރުގެ ފުރަތަމަ ހަފްތާގައި ދަތުރުތަކަށް 0.5 މިލިއަން ރުފިޔާ ހަރަދުވި އިރު ދެވަނަ ހަފްތާގައި 4.7 މިލިއަން ރުފިޔާ ހަރަދުވިއެވެ. އަދި 3 ވަނަ ހަފްތާގައި 4.5 މިލިއަން ހަރަދުވިއިރު ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ހަރަދުވެފައިވަނީ 1.7 މިލިއަން ރުފިޔާއެވެ. އަދި ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި 2 މިލިއަން ރުފިޔާ ދަތުރުތަކަށް ހަރަދުކުރެވުނެވެ.
މުޅިއެކު މިހާތަނަށް 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވެފައިވަނީ 19.8 މިލިއަން ރުފިޔާއެވެ. މި އަހަރު ދަތުރު ކުރުމުގެ ބަޖެޓަށް ސަރުކާރުން ވަނީ 237 މިލިއަން ރުފިޔާ ހަމަ ޖަައްސާފައެވެ. މިދިޔަ އަހަރު ދަތުރުތަކަށް ކަނޑައެޅި ބަޖެޓު ހުސްވެ، 200 މިިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހަރަދުތަކަށްވުރެ މި އަހަރު ކުރި ހަރަދު ކުޑަ ތަންކޮޅެއް މަދުވެފައިވަނީ ކޮރޯނާ ވައިރަސްގެ ސަަބަބުން ރާއްޖެއިން ބޭރަށް ދަތުރުކުރުން ސަރުކާރުގެ އިސްވެރިންވެސް މަޑުޖައްސާލާފައިވާތީ ކަމަށް ލަފާކުރެވެއެވެ.
ފާއިތުވި އަހަރު ރައީސް ސޯލިހް އާއި އެކިއެކި ވަޒީރުން ރާއްޖެއިން ބޭރަށް ގިނަ ދަތުރުތަކެއް ކުރެއްވިއެވެ. މިގޮތުން ރައީސް ސޯލިހްވެސް ޤައުމުން ބޭރުގައި 57 ދުވަސް ހޭދަކުރެއްވިއެވެ. އަދި ޚާރިޖީވަޒީރު އަބްުﷲ ޝާހިދު 25 އަށްވުރެ ގިނަ ދަތުރު ޤައުުމުން ބޭރަށް ކުރެއްވިއެވެ. މި އަހަރުގެ ފުރަތަމަ 3 ހަފްތާގައިވެސް ގިނަ އަދަދަކަށް ވަޒީރުން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާފައެވެ.
ސަރުކާރުން ބުނާގޮތުން، ރާއްޖެއިން ބޭރަށް ދަތުރު ކުރަނީ ބޭރު ޤައުމުތަކުން އެހީ ހޯދާށެވެ. ނަމަވެސް މިދިޔަ އަހަރު ބޭރު ޤައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރިވަރުގެ 50 އިންސައްތަވެސް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ ބަޖެޓުގައިވެސް ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.
މި ލިއުމާއި ގުޅޭ