Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްއޭއެމް

ފުޓުބޯޅަ އެސޯސިއޭޝަނުން ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އުވާލައިފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ސަސްޕެންޝަން އުވާލުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެކްސްކޯ އިން ނިންމައިފިއެވެ.

މިރޭ ބޭއްވި އެކްސްކޯ މީޓިންއެއްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ސަސްޕެންޝަން އުވާލި ކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އިއުލާން ކުރައްވައިފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ހިމެނޭހެން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދީފައި ނުވާތީ އެފްއޭއެމް އިން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރިތާ ތިން އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.

އަދި އޭގެ ފަހުން ފީފާ އިން ނިއު ސަސްޕެންޑްކުރީ ބިދޭސީ ކުޅުންތެރިންގެ މުސާރަ ދިނުމަށް ފަހު ނޫނީ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށެވެ.

ނަމަވެސް އަލުން އިންތިޚާބު ބާއްވައި އައު އެކްސްކޯއެއް އެކުލަވާލައި ނިއު އިން ވަނީ ބިދޭސީ ކުޅުންތެރިންނަށް ދައްކަން ފީފާ އިން އަންގާފައިވާ ފައިސާ އެކުޅުންތެރިންނަށް ދީފަ އެވެ.

އެހެންކަމުން އެފްއޭއެމުން މި މަހު ހަ ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ނިންމާފައިވަނީ ނިއު އިން ބާކީ ހުރި ދަރަނި ނުވަތަ ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ނިންމިހާ އަވަހަކަށް އެ ކްލަބްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެފްއޭއެމްގެ އެކްސްކޯ (ހިންގާ ކޮމިޓީ) އަށް ދިނުމަށެވެ.

އެހެން ކަމުން މިއަހަރު ބާއްވާ ދެވަނަޑިވިޝަން މުބާރާތުގައި ނިއު ފެންނާނެ ކަން މިހާރު ވަނީ ޔަގީން ވެފައެވެ. މިއީ ނިއުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.

ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން ނިއުރޭޑިއަންޓަކީ ނިސްބަތުން އެންމެ ގިނަ ސަޕޯޓަރުން ތިބި ކްލަބްކަން ފާހަގަ ކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ