ސަރުކާރުން ދެ ހަފްތާ ތެރޭގައި ދަތުރުތަކަށްް 13.9 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ 1 ވަނަ ދުވަހުން ފެށިގެން 9 ޖޫންގެ ނިޔަލަށް ދަތުރުތަކަށް 82 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި 23 ޖޫންގެ ނިޔަލަށް 95.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ދަަތުރުތަކަށް ހަރަދުކޮށްފައިވަނީ 55.7 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރު 40.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއަހަރު ދަތުރުތަކަށް ހަރަދު ކުރުމަށް ޖުމްލަ 203 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.
ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތައް ކުރައްވާފަ އެވެ. ދާދިފަހުން ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ އެމެރިކާގެ ނިއުޔޯކަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަށް އެެކަނިވެސް 4 މިލިއަން ރުފިޔާ ހަރަދުކުރެއްވިއެވެ.