Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރިލްވާން މައްސަލައިގައިކަމަށް ބުނެ ހައްޔަރުކުރި މީހުން ވާނުވާޖަހަން ރައީސް އޮފީހުން އަންގައިފި

މިިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައާ ގުޅިގެންކަމަށް ބުނެ ހައްޔަރުކުރިމީހުން ވާނުވާޖަހަން ރައީސް އޮފީހުން އަންގައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ރައީސް އޮފީހުން އަންގާފައިވާކަމަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވީ ފުލުހުންގެ އޮފިސަރެކެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ތިން މީހެކެވެ. އެއީ އަހްމަދު އިސްމާއީލް (އަހަންދު) އާއި އިސްމާއީލް އަބްދުލް ރަހީމް (އިސޫ) ގެ އިތުރުން އަހްމަދު މުއާޒް (ގަޓް މުއާ)އެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގުކުރުމަށް ރައީސުލްޖުމުހުރިއްޔާ އެކުލަވާލާއްވާފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ވަގުތެއްގައި ކ.މާލެ މ.ޝައިނިންސްޓަރ އަހްމަދު ރިޟްވާން އަބްދުﷲ ވަގަށް ނަގައި މަރާލާފައިވާ މައްސަލައާ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެރޭ ސ. ފޭދޫ ޗަނބޭލީގެ ޔާމީން ރަޝީދު މަރާލާފައިވާ މައްސަލާއާ ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައާއި އެކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަހްމަދު އިސްމާއީލް (39އ) އާއި އިސްމާއީލް އަބްދުލްރަހީމް (30އ) ގެ އިތުރުން އަހްމަދު މުއާޒް (40އ) ހައްޔަރުކޮށްފައިވާކަމަށެވެ.

ނޫސްވެރިޔާ ރިޟްވާންގެ މައްސަލައަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު ވެރިކަމަށް ހަތަރު އަހަރު ވެގެން އަންނައިރު މިހާތަނަށް އެ މައްސަލާގައި އެއްވެސް އިތުރުއާ ހެއްކެއް ހޯދިފައެއް ނުވެއެވެ.

އަދި މިހުރިހާ ދުވަހެއް ވީއިރުވެސް އެއްވެސް ބަޔަކު ހައްޔަރު ނުކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި އަދި އެނޫންވެސް އެމްޑީޕީގެ އިސް މެންބަރުންގެ ބަރަހަނާ އަދި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާއްމުވެފައިވާ ދަނޑިވަޅެއްގައި ނޫސްވެރިޔާ ރިޟްވާންގެ މައްސަލައާ ގުޅިގެންކަމަށް ބަޔަކު ހައްޔަރުކުރީ މައްސަލައިގެ ފޯކަސް ގެއްލުވާލުމަށްކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

މި ލިއުމާއި ގުޅޭ