Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (ހޯރަފުށި)

އަޅުގަނޑު ނުކުރާ ކަމެއްކަން ސާބިތުކުރަން އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް: ސަލީމް

ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އޭނާކުރާ ކަމެއް ނޫންކަމަށާއި ނުކުރާ ކަމެއްކަން ސާބިތުކުރަން ކުރެވޭނެ ކަމެއް ނެތްކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެންބަރު ސަލީމް މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ދައުރުވާން ފަށާފައިވާއިރު އެ ވީޑިއޯއިން ދެން ފެންނަ މީހަކޫ ސަލީމްކަމަށް އަޑު ފެތުރިފައިވާތީއެވެ.

ސަލީމް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާއަކީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރައްވާ މެންބަރަކަށް ވާއިރު، އޭނާ އަށް ރައްދުވާ ގޮތަށް އިސްމާލްދީނުގައި ހަރާން ކޮށްފައިވާ ފާހިޝް އަމަލެއް ހިންގި ކަމަށް ބުނެ ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަން ބެލެން އޮތް އެންމެ ރަނގަޅަކަށް ބަލަން ޖެހޭ ކަމަށެވެ.

އޭގެއިތުރަށް އެ ލިޔުމުގައި ހަވާލާދީފައިވާ ވީޑިއޯއިން ނުވަތަ ފޮޓޯއިން ފެންނަ އެކަކީ ކަނޑައެޅިގެން ކާކުކަން އެނގޭ ހާލަތުގައި އެ މީހަކާއެކު، އެފަދަ އަމަލެއް ހިންގުމުގައި އޭނާ ބައިވެރިވެފައިވޭތޯ ބެލުމަކީ ފުލުހުންގެ ގާބިލުކަމަށް ބަލާއިރު އުނދަގޫ ކަމަކަށް ނުވާނެ ކަމަށްވެސް ސަލީމް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ސަލީމް ވިދާޅުވީ އޭނާ ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް ކަމަށް ސާބިތުކުރުމަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި އެފަދަ ކަމެއް ހިނގި ކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުލުހުންގެ މުއައްސަސާގެ ޒިންމާއެއް ކަމަށެވެ.

ސަލީމް ވަނީ އޭނާއާ މެދު ތުހުމަތު ކުރާ ކަންކަން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ކުޑަނަމަވެސް ހެއްކެއް ލިބިއްޖެ ނަމަ އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި ތަހުގީގު ކުރުމަށް ފަހު އެ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންނަށް ފާހަގަކުރެވުނު ކަންކަމުގެ ތަފުސީލް މައުލޫމާތު އާންމުކޮށް ހިއްސާކުރުމަށް ވެސް ސަލީމް އެދިވަޑައިގެންފައިވެއެވެ.

ވީޑިއޯ ފެތުރި ފަރާތުން ވީޑިއޯގައި ފެންނަނީ ސަލީމް ކަމަށް ބުނެފައިވާތީ އެކަމާއި ގުޅޭގޮތުން "ދިޔަރެސް" އިން ސަލީމްގެ ކޮމެންޓެއް ހޯދަން ސުވާލުކުރުމުން ސަލީމް އެއްވެސް ޖަވާބެއް ނުދެއްވައެވެ.

މި ލިއުމާއި ގުޅޭ