Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އަނދުން ހުސެއިންގެ ބަރަހަނާ ފޮޓޯގެ މައްސަލަ ސަމާލުކަމަށް އައިސްފި: ފުލުހުން

އްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން) ޙުސައިންގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިތުރު ފިރހެނަކާއި އަދި އަންހެނަކާއި އެކު އަނދުން ހުސެއިން ބަރަހަނާކޮށް އެނދެއް މަތީ އޮންނަ ފޮޓޯއެއް ރޭގެ ވަގުތެއްގައި ވަނީ އާންމުވެފައެވެ. އެ މައްސަލަ ބަލަމުންދާތޯ "ދިޔަރެސް" އިން ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ އެ ފޮޓޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

އަނދުން ހުސެއިންގެ ފޮޓޯއެއް އާންމުވެފައިވާއިރު، އިއްޔެގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. އެ މައްސަލަވެސް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ކުރީގެ ވެރިކަމުގައިވެސް ސަރުކާރުގެ އިސްވެރިންގެ ބަރަހަނާ ފޮޓޯތައް އާންމުވިއެވެ. އެމްޑީޕީގެ ވަރަށް ގިނަ އިސް ފަރާތްތަކަކީ ބަނގުރާ ބޮއެ، ފާހިޝް އަމަލުތައް ކުރާ ފަރާތްތައްކަން އެއީ އެންމެންވެސް ދަންނަ ހަގީގަތެކެވެ.

އަނދުން ހުސެއިންގެ މައްސަލަ ސަމާލުކަމަށް އައައިސްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އަދި މިހާތަނަށް އެ މައްސަލައާއި ގުޅިގެން އަނދުން ހުސެއިން އާއި ސުވާލުކޮށްފައިނުވެއެވެ.

މި ލިއުމާއި ގުޅޭ