Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނާޒިމް ސައްތާރު

ނާޒިމް ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ނާޒިމްގެ ޕާޕޯޓް ހިފަހައްޓާފައި މިވަނީ އޭނާ ޒުވާން ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ ވީޑިއޯއެއް އާންމުވެފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންގެ އިސް އޮފިސަރަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ކަށަވަރު ކޮށްދީފައިވެއެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ރަސްމީކޮށް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ނާޒިމް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވެފައިވާއިރު އޭނާގެ ޓްވީޓާ އެކައުންޓުން ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށްފައިވާ މައްސަލައެއްވެސް ރައްޔިތުންގެ އިއްތިހާދުން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

ނާޒިމް މިހާރު ވަނީ އޭނާގެ ޓްވީޓާ އެކައުންޓް ޑީއެކްޓިވޭޓްކޮށްލާފައެވެ.

ނާޒިމްގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އޭނާގެ ޓްވީޓާ އެކައުންޓް ޑީއެކްޓިވޭޓްކުރުމުން މި މައްސަލަތަކާއި ނާޒިމްއާ ގުޅުމެއް އޮތްކަން ހާމަވެއެވެ.
މި ލިއުމާއި ގުޅޭ