Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނާޒިމް ސައްތާރު

ނާޒިމް ސައްތާރު ރަސޫލާ ﷺއަށް ފުރައްސާރަކުރި މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ގާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ޓްވީޓާ އެކައުންޓުން ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށްފައިވާ މައްސަލައެއް ރައްޔިތުންގެ އިއްތިހާދުން ފުލުހަށް ހުށަހަޅައިފިއެވެ.

އެ އިއްތިހާދުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ލޮބުވެތި ނަބިއްޔާ މުހައްމަދު ﷺ އަށް މަލާމާތާއި ފުރައްސާރަކޮށް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ގަޑިން 10:59ގައި ނާޒިމްގެ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއް އެ އިއްތިހާދުގެ ސަމާލުކަމަށް އައި ކަމަށެވެ.

އަދި އެކަމާއި ގުޅިގެން ރައްޔިތުންގެ އިއްތިހާދުގެ ތަހްގީގީ ޓީމުން ބެލިބެލުމުގައި މިއަދު ހެނދުނު ގަޑިން 8:25އާ ހަމައަށްވެސް އެ ޓްވީޓް ލައިވްކޮށް ފެންނަން އިންކަމަށާއި ނަމަވެސް 8:27ގައި ބެލިއިރު އެޓްވީޓު ޑިލީޓްކޮށްފައިވާކަން ފާހަގަކުރެވުނުކަމަށެވެ.

ރައްޔިތުންގެ އިއްތިހާދުން ބުނީ ޓްވީޓާގައި ލިޔާ އެއްޗެހި ޑިލީޓް ކުރިއަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ތަހްގީގުކުރުމަށްޓަކައި އެ ޓްވީޓްތައް އަލުން ހޯދޭނެ ވަރަށް ގިނަ ގޮތްތައް ހުންނާނެކަމަށާއި އަދި ފުލުހުންގެ އިދާރާއަށް އެކަމަކީ ފަސޭހައިން ކުރެވޭނެކަމެއްކަމަށް ގަބޫލު ކުރެވޭކަމަށެވެ.

މީގެއިތުރުން ނާޒިމްގެ ޓްވީޓަ އެކައުންޓުން ހިންގާފައިވާ މި އަމަލަކީ ގާނޫނު އަސާސީގެ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގެ ދަށުން އެ ގާނޫނޫ ތަންފީޒުކުރުމަށް ހަދާފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގައި ދީނީ ތަގްރީރުކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމުގެ ނުކުތާ (ދިވެއްސަކު ކަމުގައި ވިއަސް، ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ އަޤީދާއާ ފުށުނާރާ ގޮތަށް އިސްލާމީ ވަހްދަތު ދެމެގެއްޓުމާއި އެކުގައެވެ.)އާ ކަނޑައެޅިގެން ހިލާފު ބޮޑުވެގެންވާ ކުށެއްކަމުގައިވާތީ މިކަން ތަހްގީގުކޮށް ބަކައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭކަމަށްވެސް ރައްޔިތުންގެ އިއްތިހާދުން ބުނެފައިވެއެވެ.

ރައްޔިތުންގެ އިއްތިހާދުން އިތުރަށް ބުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅިގެން މީގެ ކުރިން އެ އިއްތިހާދުން ހުށަހެޅި މައްސަލައަށް ހެދިހެން ނުހަދާ ނާޒިމްގެ މައްސަލަ ކުއްލި މައްސަލައެއް ގޮތުގައި ނަގައި އޭނާގެ މައްޗަށް ދައުވާކުރުމަށް އެދޭކަމަށެވެ.

ނާޒިމްގެ މިފަދަ މައްސަލައެއް ފުލުހަށް ހުށަހެޅިފައިވާއިރު ނާޒިމާ ބިދޭސީ ޒުވާން ފިރިހެނަކު މާލޭގެ ގެއެއްގައި އެއްޖިންސުން ގުޅުން ހިނގާތަން ފެންނަ ވީޑިއީއެއްވެސް އިއްޔެ މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

މި ލިއުމާއި ގުޅޭ