ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން) ޙުސައިންގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ޓުވިޓާގައި އާންމުކޮށްފިއެވެ.
މި ފޮޓޯ އާންމުކޮށްފައިވަނީ އެމްވީލީކް 2.0 ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކުންނެވެ. އެ އެކައުންޓުން ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި މިރޭ 8:30 ގައި މި ފޮޓޯ އާންމުކުރާނެކަމަށް އެ އެކައުންޓުންވަނީ ބުނެފައެވެ.
އެ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ އަގު ވައްޓައިލުމަށް ފައްޔާޒާއި އަނދުން ހުސައިން އަޑީގައި ތިބެގެން ކުރީ ވަރަށް ނުބައި ކަމެއް ކަމަށެވެ. އަދި މިރޭ 8:30ގައި ހުސައިން ލިވާތުކޮށް ޒިނޭކޮށް ބަނގުރާ ބޯކަމުގެ ފުރިހަމަ ހެކި ހާމަވާނެ ކަމަށެވެ. އަދި ރައީސް ނަޝީދާ "ކުޅުމުން ރީތިނުވާނެ"ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.
ރައީސް ނަޝީދާ ކުޅުންކަމަށް ބުނެ ދިން އިންޒާރު ބޮޑަށް ބެލެވެނީ އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުންހިންގާ މަންޒަރު ހިމެނޭ ވީޑިއޯއެއް އާންމުވެފައިވާތީ، އެކަން ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އަނދުން ހުސައިން ކަމަށް ތުހުމަތުކޮށް ކަމަށެވެ.
ލީކުވި ފޮޓޯގައި ފެންނަނީ އަންހެނަކާއި ފިރިހެނަކާއެކު އަންދުން ހުސައިން އެނދެއްގައި އޮންނަވާ ތަނެވެ. އޮންނެވީ ބަރަހަނާ ހާލުގައެވެ. އަދި އެ ކޮޓަރީގައި ބަނގުރާވެސް ފެންނަން ހުއްޓެވެ.
އެ ފިރިހެން މީހާ އަކީ އަނދުން ހުސެއިންގެ ގާތް މީހެކެވެ. އަދި އަންހެން މީހާ އަކީވެސް ހުސެއިންގެ އެކުވެރިއެކެވެ.
މިކަމާ ގުޅިގެން "ދިޔަރެސް"އިން ސުވާލުކުރުމުން އަނދުން ހުސައިން ވިދާޅުވެފައިވަނީ މިހާރު ހިނގަމުންދާ އެއްވެސް ކަމަކާ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
އިންޓަނެޓުގައި އާންމުވެފައިވާ ފޮޓޯ އާއި ގުޅޭގޮތުން އިތުރު އެއްޗެކޭ ހުސެއިން ވިދާޅެއް ނުވެއެވެ.