Tuesday 17th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ޤައުމީ މަސްލަހަތަށްވުރެ ޚާރިޖީ މަސްލަހަތު އިސްކޮށްގެން ނުވާނެ: އާދަމް ޝަރީފް

ޤައުމީ މަސްލަހަތަށްވުރެ ޚާރިޖީ މަސްލަހަރު އިސްކޮށްގެން ނުވާނެކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތާއި ގައުމީ މަސްލަހަތަށްވުރެ ޚާރިޖީ މަސްލަހަތު އިސްކޮށްގެން ނުވާނެކަމަށެވެ.

އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔަދަތު ރައްކާތެރިކުރުމަށް ހުރަސްއެޅޭ ގޮތަށް ގާނޫނު ހެދުމަކީ ކަންބޮޑުވާކަމެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި ރައްކާތެރިކަމާއި އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި، ޚާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުންކަމަށެވެ.

އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރަން އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

މިއިސްލާހާ އެކު ޖިނާއީ ކުށަކަށް ވާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނަމާއި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުމާއި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުމުގެ އިތުރުން އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުމެވެ.

މި އިސްލާހު އޮތް ގޮތުން އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަށް ހުރަސްއެޅޭއިރު އިންޑިއާ އައުޓް ބެނާ ދެމުމާއި އެ ގައުމުގެ މީހުން ފޭބުން ގޮވާލުން ފަދަ ކަންކަމަކީ ކުށަކަށް ވާނެއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހުއްޓުވަން ސަރުކާރުން އެތައް މަސައްކަތެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވޭއިރު އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ކެމްޕޭން ހުއްޓުވަން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅުންނާއި އާއްމުންގެ މީހުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ