Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލްމުވެރިންގެ ގުޅުން

ޝެއިޚް ނިޝާންއާއި ޝެއިޚް ފަޟްލޫން ހައްޔަރުކުރުން: އިލްމެވެރިންގެ ގުޅުމުން ސީރިއަސް ބައްދަލުވުމެއް

އައްޝައިޚް އާދަމް ނިޝާންއާއި އައްޝައިޚް ފަޟްލޫން މުޙައްމަދު ހައްޔަރު ކުރުމާ ގުޅިގެން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ސީރިއަސް ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ ރޭ މެންދަމު 12:00 އިން ފެށިގެން 2:00 އަށެވެ.

އެ ބައްދަލުވުމުގެ ބައިވެރިޔަކު "ދިޔަރެސް"އަށް ވިދާޅުވީ ދެ ގަޑިއިރަށް ދެމިގެންދިޔަ ރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަންކަމާއި ނިންމި ނިންމުންތައް ވަރަށް އަވަހަށް ހާމަކުރާނެކަމަށެވެ.

ބައިނަލްއަޤުވާމީ ޔޯގާ ދުވަހާ ގުޅިގެން ޔޯގާ ހެދުމަށް ބޭއްވި ހަރަކާތާ ދެކޮޅަށް އިހުތިޖާޖުކުރަން އެއްވި ބަޔަކު އެ ހަރަކާތް ހިންގި ގަލޮޅު ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވި މައްސަލައާ ގުޅިގެން މިހާތަނަށް ދީނީ ދެ އިލްމުވެރިޔަކު ހައްޔަރުކޮށްފައިވެއެވެ. އެ ބޭފުޅުން އެތަނަށް ވަދެވަޑައިގެންފައިނުވާއިރު، އެ ބޭފުޅުންގެ ތެރެއިން ޝައިޚް އާދަމް ނިޝާނުވަނީ އެ ހަރަކާތާ ދެކޮޅަށް އެއްވި މީހުން ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރަން އިލްތިމާސްކުރައްވާފައެވެ.

ޝައިޚް އާދަމް ނިޝާނުގެ އިތުރަށް ހައްޔަރުކޮށްފައިވަނީ ޝައިޚް ފަޟްލޫން މުޙައްމަދެވެ. ފުލުހުން އެ ބޭފުޅުން ހައްޔަރުކުރުމާއެކު އިސްލާމިކް މިނިސްޓްރީންވަނީ އެ ބޭފުޅުންގެ ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައެވެ.
މި ލިއުމާއި ގުޅޭ