Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ޔޯގާ ހަރަކާތް ހުއްޓުވުމާ ގުޅިގެން ބަޔަކު ޖަލަށްލެވޭތަން ފެންނަން ބޭނުންވާކަން އިންޑިއާއިން ސަރުކާރަށް އަންގައިފި

އިއްޔެ ރާއްޖޭގައި ހުންނަ އިންޑިއާގެ ކަލްޗަރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން ގަލޮޅު ބޯޅަދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލާގައި ބަޔަކު ހައްޔަރުކޮށް ޖަލަށްލެވޭތަން ފެންނަންޖެހޭކަމަށް އިންޑިއާއިން ދިވެހި ސަރުކާރަށް އަންގައިފިއެވެ.

އިއްޔެ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހެދުމުގެ ހަރަކާތް ހިންގަނިކޮށް އެ ހަރަކާތާ ދެކޮޅަށް އެ ސަރަހައްދަށް އެއްވި ޒުވާނުންގެ ތެރެއިން ބަޔަކުވަނީ ދަނޑަށް ވަދެ އެ ހަރަކާތަށް ހުރަސްއަޅާފައެވެ. އެމީހުން ދަނޑަށް ވަދެވަނީ އެތަނުގައި ޔޯގާ ހަދަން ތިބި މީހުން އެތަން ދޫކޮށް ދިއުމަށް ގޮވައިލާފައެވެ. އެއާއެކު އެތަނުގައި ތިބި މީހުންވަނީ ދަނޑު ދޫކޮށް އެތަނުން ގޮސްފައެވެ.

އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނައިރު، އެކަން ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ކެބިނެޓުގެ ވަޒީރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއެއްވެސް އެކުލަވައިލައްވާފައެވެ.

މި މައްސަލާގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އަންގާފައިވަަނީ އެ މައްސަލާގައި ބަޔަކު ހައްޔަރުކުރެވި އެ މީހުން ޖަލަށް ލެވެންޖެހޭނެ ކަމަށެވެ. އަދި ޔޯގާ ހަރަކާތަށް ހުރަސްއެޅުމަކީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީންގެ އިސްނެންގެވުމަށް އެ އިއްތިހާދުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ސީދާ ނަތީޖާއެއް ކަމަށާއި، އެހެންކަމުން އެ ހަރަކާތް ހުއްޓުވުމަށް ޤާނޫނީ ހައްލެއް ބޭނުންވާކަމަށްވެސް އިންޑިއާއިން އަންގާފައިވެއެވެ.

އިންޑިއާއިން ފާހަގަކޮށްފައިވަނީ "އިންޑިއާ އައުޓް" ބެނާތައް ހަރުކޮށްފައިހުރި ގޭގެއިން އެ ބެނާތައް ނަގާފައިވަނިކޮށް އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ބެނާތައް ފުލުހުން ނެގީ ރަނގަޅަށް ކޯޓުތަކުން ނިންމާފައިވާ ކަމަށާއި، "އިންޑިއާ އައުޓް" ހަރަކާތް މަނާކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ރިޔާސީ ޤަރާރުގެ މައްސަލަވެސް ކޯޓަށް ހުށަހަޅާފައިވާ ކަމެވެ. އެކަންކަމުގެ އަލީގައި ދެން އެ ހަރަކާތް ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ސީދާ ޤާނޫނެއް މެދުވެރިކޮށް އެ ހަރަކާތް ހުއްޓުވުން ކަމަށާއި، އެހެންކަމުން އިންޑިއާއިން ބޭނުންވަނީ އެ ހަރަކާތް ހުއްޓުވާނެ ޤާނޫނީ ޙައްލެއްކަމަށް އެ ޤައުމުންވަނީ ރައީސް ޞާލިޙުގެ ސަރުކާރަށް އަންގާފައެވެ.

މީގެ ކުރިންވެސް އިންޑިއާއިންވަނީ ވަކިވަކި ނޫސްތަކާއި ނޫސްވެރިންނާމެދު ފިޔަވަޅުއެޅުމަށް އަދި އެ ނޫސްވެރިންނާއި ނޫސްތަކާ ދެކޮޅަށް ބަޔާން ނެރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށްވެސް އަންގާފައެވެ.

މި ލިއުމާއި ގުޅޭ