Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މާލޭގެ ހުކުރު މިސްކިތް ސްޓެލްކޯ އިން ސާފު ކުރުމުގެ މަސައްކަތް ފަށައިފި

ސްޓެލްކޯ އިން މާލޭގެ ހުކުރު މިސްކިތް ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތަކީ ސްޓެލްކޯ އާއި ހެރިޓެޖް މިނިސްޓްރީ އާއި ނެޝަނަލް ސެންޓަ ފޯ ކަލްޗާ އެންޑް ހެރިޓެޖާއެކު 2019ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ.

މިއަހަރު މި މަސައްކަތް ފައްޓަވައި ދެއްވީ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނާއި ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފެވެ. އެގޮތުން އިއްޔެ ހުކުރު މިސްކިތުގެ މުންނާރު ސާފު ކޮށްފައިވާއިރު އެ މިސްކިތުގެ ހަތަރު ވަޅުގެ ދިޔަވެސް ވަނީ ހިއްކައިފައެވެ.

އެ މަސައްކަތުގައި ސްޓެލްކޯގެ ޗެއާމާން އިބްރާހީމް ދީދީ އަދި އެމްޑީ ޝަރީފުގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ބައިވެރިވަމުންނެވެ.

ހެރިޓޭޖު މިނިސްޓަރު ޔުމްނާ ވިދާޅުވީ ތަރިކަ ބެލެހެއްޓުމަކީ ވަކި ބައެއްގެ މަސައްކަތެއް ނޫން ކަމަށެވެ. އެއީ ހުރިހާ އެންމެންގެ ވެސް މަސައްކަތެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި ރިސޯޓުތަކުންނާއި އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކާއި އަމިއްލަ ފަރުދުންގެ ވެސް އެއްބާރުލުން އެކަންކަމަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވީ ކުރިމަގުގައި މަހުން މަހަށް ހުކުރު މިސްކިތް ބަލައި ޗެކުކޮށް ހަދާނެ ކަމަށެވެ. އަދި ސާފުކުރުމާއި ރަނގަޅަށް ބެލެއްހެއްޓުމުގެ ޒިންމާ އެކުންފުނިން ނަގާނެ ކަމަށް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ