Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިއުމަން ރައިޓްސް ކޮމިޓީ

އަންހެނުންގެ ހައްގުތަކަށް ހުރަސްއެޅުމަށް ދީން ބޭނުންކުރޭ: އެޗްއާރުސީއެމް

އަންހެނުންގެ ހައްގުތަކަށް ހުރަސް އެޅުމަށް ހަތިޔާރެއްގެ ގޮތުން ދީން ބޭނުންކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުން ރާއްޖޭގެ މައްޗަށް ކުރުމަށް ލާޒިމުކޮށްފައިވާ ކަންކަން ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޓާނީ ޖެނެރަލްގެ އޮފީހާއި އެޗްއާރުސީއެމްގެ ބޭފުޅުންނާ މިއަދު ވަނީ ބައްދަލުކޮށްފަ އެވެ.
ކޮމިޓީ ބައްދަލުވުމުގައި އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ ގާނޫނުގައި ބުނާ އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން މުޖްތަމައުގައި ބަލައިގަންނަ މިންވަރު ދަށްވަމުންދާ ކަމަށް އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ދިރާސާއަކުން ފާހަގަވެފައިވާ ކަމަށެވެ.
އަދި އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ދީން ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އަންހެނުންނަށް ކުރެވޭ ބައެއް އަނިޔާތައް ދިފާއުކުރުމަށް އެބަ ދީން ހަތިޔާރަކަށް ގެންގުޅޭކަންވެސް ރައިޓް ސައިޑް އޮފް ލައިފް ސާވޭގައި އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރާއިރުވެސް ފާހަގަކުރެވިފައި އެބަވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، އަނިޔާއަށް ހުށަހެޅޭ އަންހެނުންގެ ތެރެއިން އެހީތެރިކަން ހޯދަނީ ފަސްބައިކުޅަ ދެބައި މީހުންނެވެ. އޭގެ އެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ނިޒާމަށް އޮތް އިތުބާރު ކުޑަވުމާއި ސިއްރު ނުހިފެހެއްޓޭ ކަމަށް އަނިޔާ ލިބޭ ފަރާތްތަކަށް ގަބޫލު ކުރެވުމެވެ.
އަދި އަނިޔާ ލިބޭ އަންހެނުންގެ މައުލޫމާތު ރިޕޯޓު ކުރުމުން އެމީހުންނާ ބެހޭގޮތުން މީޑިއާތަކުން ވާހަކަ ގެންނަ ގޮތުންވެސް އެމީހުން ރީ ވިކްޓަމައިޒްވާ ކަމަށެވެ.

ޖިންސީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާވެސް އިތުރަމުންދާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ނޮން ކޮންސެންޝުއަލް ޕޯނޯގްރަފީ އާއި ރެކޯޑެޑް ސެކްޝުއަލް އެސޯލްޓް ފަދަ ސައިބާ ކްރައިމްތައްވެސް ރާއްޖޭގެ މުޖްތަމައުގައި އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

އަންހެނުންގެ ހައްގުތަށް ހިމާޔަތް ކުރުމަށް ޖެންޑާ އީކުއަލިޓީގެ އެކްޝަން ޕްލޭނެއް 2022 އިން 2026 އަށް އެކުލަވާލާފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
މި ލިއުމާއި ގުޅޭ