Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ކޮރަޕްޝަން ތުހުމަތުކުރެވުނަސް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުން ރައީސް ނަޝީދަށް ރަނގަޅު

އެމްއޭސީއެލުން ބޮޑު ޚަރަދުކޮށްގެން ހަދާފައިވާ ސީޕްލޭން ޓާރމިނަލް ދައުލަތަށް ގެއްލުންވާ ގޮތަށް ޓީއެމްއޭއަށް ދެނީ ކޮރަޕްޝަންގެ ތެރެއިން ކަމުގައި ގިނަ ބަޔަކު ބުނަމުންދަނިކޮށް ޓީއެމްއޭއާއި އެމްއޭސީއެލްގެ މެދުގައި އެއްބަސްވެވޭ ގޮތަކަށް އެތަން ކުއްޔަށް ދިނުން ރަނގަޅު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމުގެ ކަންކަން ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ނިންމުން ވަރަށް މުހިއްމު ކަމުގައެވެ. އެކަން މުހިއްމުވާ ސަބަބެއް ކަމުގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އަޅައި ނިންމާފައިވާ އައު ރަންވޭ އަވަހަށް ބޭނުންކުރަން ފަށައި ވައިގެ ބަނދަރުގެ މަސައްކަތް ހަލުއިކުރުމަށެވެ.
އޭގެ އިތުރަށް ނަޝީދު ވިދާޅުވީ މިޓާމިނަލް ޓީއެމްއޭއަށް ދިނުމުގައި މައްސަލައެއް އުޅޭނަމަ އެކަން ފަހުން ބަލައި އެކަމުގައި ގޯސްކަމެއް ކުރި ފަރާތްތަކެއް ނުވަތަ ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަކީ މުޅިން އެހެން ކަމެއް ކަމުގައެވެ.
ރައީސް ނަޝީދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ކޮރަޕްޝެންގެ ތުހުމަތު ކުރެވުނު ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހުއްޓުވުމަށް ގޮވައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
މި ލިއުމާއި ގުޅޭ