Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެއްޖިންސުން ގުޅުން ހިންގުން

އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރާތީ ލައިޓްޔަރ ކާޓޫން 14 ޤައުމެއްގައި މަނާކޮށްފި

ޑިޒްނީ އަދި ޕިކްސަރ ގުޅިގެން އުފައްދާފައިވާ ލައިޓްޔަރ ފިލްމު 14 ޤައުމެއްގައި މަނާކޮށްފިއެވެ.

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކުރާތީ އެ ފިލްމު މަނާކޮށްފައިވަނީ މެދު އިރުމަތީގެ ބައެއް ޤައުމުތަކާއި އިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުގައެވެ.

ދުނިޔޭގެ ފިލްމު ބަލާ އެންމެ ބޮޑު މާކެޓުކަމަށްވާ ޗައިނާގައިވެސް މި ފިލްމު މަނާކޮށްފައިވާއިރު ޗައިނާއިން އެދުނީ އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުކޮށްދޭ މަންޒަރުތައް އެ ފިލްމުން އުނިކުރުމަށެވެ. އެހެން ނަމަވެސް ޑިޒްނީއިން އެކަން ކުރަން ދެކޮޅު ހެދިއެވެ.

މީގެކުރިން ޑިޒްނީގެ އިސް ފަރާތްތަކުން ބައެއް ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ޑިޒްނީގެ އިސްވެރިން އެއްޖިންސުން ގުޅުން ހިންގުމަށް ތަރުހީބުދެއެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ މި ފިލްމުގައި މި ފަދަ މަންޒަރުތައް ހިމެނުމުން ވަރަށް ގިނަ ޤައުމުތަކުން ދަނީ ކަންބޮޑުވަމުންނެވެ.

އިރުމަތީ އޭޝިއާ އަދި މެދުއިރުމަތީ ޤައުމުތަކުން މި ފިލްމު ދެއްކުން މަނާކުރިއިރު ދިވެހިރާއްޖޭގައި އަދި މަނާކުރިކަމެއް ނޭނގެއެވެ. ދާދިފަހުން މެދުއިރުމަތީގެ ޤައުމުތަކުން ވަނީ ބޮލީވުޑްގެ ފިލްމެއްވެސް މަނާކޮށްފައެވެ. އިސްލާމްދީނާއި މެދު ނަފްރަތު އުފެދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ފިލްމު ދިވެހިރާއްޖެއަކުން މަނާ ނުކުރެއެވެ.

މި ލިއުމާއި ގުޅޭ