Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ފަތުރުވެރިކަމުގެ ނަފާ މޯލްޑިވިއަންއަށް ނުނެގެނީ ހިންގުމުގައި ހުރި މައްސަލަތަކުގެ ސަބަބުން: އަލީ ހުސައިން

ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ފަތުރުވެރިކަމުން ފައިދާ ނުނެގެނީ އެ ކުންފުނި ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަތަކެއް ހުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ ޤައުމީ އެއާލައިނަށް ފާއިތުވި އަހަރުގައި ބޮޑު ގެއްލުމެއް ވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މޯލްޑިވިއަންއަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއްވީ ދެވަނަ ކުއާޓަރުގައެވެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް 99 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު އެހާ ބޮޑު ގެއްލުމެއްވީ އެ ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު މޯލްޑިވިއަންއަށް ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މޯލްޑިވިއަންއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޑޮމެސްޓިކް ދަތުރުތަކުންނެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީ ކޮށްފައިވާ 16 އެއާޕޯޓުގެ ތެރެއިން 13 އެއާޕޯޓަށް މޯލްޑިވިއަންއިން ދަތުރުކުރެއެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުން ހުއްޓާލުމާ ގުޅިގެން 2020 ވަނަ އަހަރު މޯލްޑިވިއަންއަށް ބޮޑު ގެއްލުމެއް ވިއެވެ. އެ އަހަރު އެ ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.

މޯލްޑިއަންއަށް ބޮޑު ގެއްލުމެއްވާ މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓުގައި އަލީ ހުސައިން ވިދާޅުވީ ޤައުމީ އެއާލައިން ދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށެވެ. އަދި މޯލްޑިވިއަންއަށް ފަތުރުވެރިކަމުގެ ފައިދާ ނުނެގެނީ އެ ކުންފުނީގެ ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަތަކެއް ހުރުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ