Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފީއަލި

ރަސޫލާ ﷺގެ ދިފާޢުގައި ފީއަލީ މީހުން މުޒާހަރާކޮށްފި

އިންޑިއާގައި ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާން ކީރިތި ރަސޫލާ ﷺއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ފ. ފީއަލީގައި މުޒާހަރާކޮށްފިއެވެ.

ކީރިތި ރަސޫލާ ﷺއަށް ފުރައްސާރަކުރުމާއި ދެކޮޅަށް ފިއަލީ މީހުން ޝިއާރުތަކާއި އެކު މުޒާހަރާކޮށްފައިވަނީ އިއްޔެއެވެ. މި މުޒާހަރާގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ކީރިތި ނަބިއްޔާ ﷺ ގެ ދިފާއުގައި ނިކުމެ އަޑު އުފުލަމުން ދާއިރު މި މަހުގެ 11 ވަނަ ދުވަހު އެނަބިއްޔާ ﷺ ދިފާޢުގައި ޒުވާނުން ނިކުމެ "މަގޭ ނަބިއްޔާ ﷺ" ގެ ނަމުގައި މާލޭގައިވެސް ސައިކަލު ބުރެއް ބާއްވާ އެ ނަބިއްޔާ ﷺ އަށް އޮތް ލޯބި ދައްކައިލާފައިވެއެވެ.

އެގޮތުން މާލޭގެ ބޭރު މަގުގައި ކުރިއަށް ގެންދިޔަ މި ސައިކަލު ބުރުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާއިރު އެއްބަޔަކު ތިބީ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ.

ބީޖޭޕީގެ އިސް ދެމަސްއޫލުވެރިޔަކު ރަސޫލާ ﷺ އަށް ފުރައްސާރަ ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އިންޑިއާގެ ޓީވީ ޗެނަލުން ދެއްކި ބަހުސްގައި ނުޕުރް ޝަރުމާވަނީ ނަބިއްޔާ ﷺ ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކޮށް، އެކަލޭގެފާނުގެ ޝަޚުޞިއްޔަތަށް ތައުހީނުކޮށްފައެވެ. އަދި އޭގެ އިތުރަށް ކީރިތި ޤުރުއާނަށްވެސް ފުރައްސާރަކޮށް، އެ ފޮތާމެދު ނަފުރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތްކޮށްފައެވެ.

އެކަމާއި ގުޅިގެން އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ދިވެހި ރާއްޖެއިން މިކަމާއި ގުޅިގެން ފިނި ބަޔާނެއް ނެރިފައިވަނީ އެކަން ހިނގިތާ ދިނަ ދުވަސް ފަހުންނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ދިވެހި ސަރުކާރަށް ފާޑު ކިޔަމުންނެވެ.
މި ލިއުމާއި ގުޅޭ