Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސައުދީ އިން ދިވެހި ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމައިފި

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމައިފިއެވެ.
މިކަން އިއުލާން ކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާރިޖީވަޒީރު އަބްދުﷲ ޝާހިދުއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ސައުދީ އިން މިގޮތަށް ނިންމުމުން، އުމްރާގެ އަޅުކަން އަދާ ކުރުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ސައުދީ އަށް ދަތުރުކުރާ ދިވެހިރައްޔިތުންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.
ނަމަވެސް މި ވިސާގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމާއި، ސައުދީ އަރަބިއްޔާގައި ވަޒީފާ އަދާކުރުމުގެ ފުރުަސަތު ނުލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން މިގޮތަށް ވިސާ ލިބޭ ހަމައެކަނި ޤައުމުކަން ފާހަގަކުރެވެއެވެ.
މިއަދެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޝާހިދު ވަނީ ސައުދީގެ މި ނިންމުމަށްޓަކައި ސައުދީ ރަސްގެފާނަށާއި ވަލީއަހުދަށް ޝުކުރު ދަންނަވާފައެވެ.
މިދިޔަ އަހަރު ސައުދީ އަރަބިއްޔާއިން ވަނީ އެ ޤައުމު ފަތުރުވެރިކަމަށް ހުޅުވާލުމުގެ ގޮތުން ގިނަ ޤައުމުތަކުގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައެވެ. އޭރު ދިވެހިރާއްޖެއަށް މި ފުރުސަތު ސައުދީ އިން ނުދިނީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާ އާއި ދެމެދު ގުޅުން ހީނަރުވެފައި އޮތުމުން ކަމަށް ޚާރިޖީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ