Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނަރެންދުރަ މޯދި

ލަންކާގެ ހަކަތައިގެ މަޝްރޫއެއް މޯދީގެ އެކުވެރި އަދާނީ ކުންފުންޏަށް ދިނުމަށް މޯދީ ޕްރެޝަރުކުރި

އަވަށްޓެރި ސްރީލަންކާގައި ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް، އިންޑިއާގެ މަހުޖަނެއް ކަމަށްވާ ގައުޓަމް އަދާނީގެ ކުންފުންޏަށް ދިނުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސައަށް މަޖުބޫރު ކުރިކަން ހާމަވެއްޖެއެވެ.

ސްރީލަންކާގައި ހަކަތައާއި ބެހޭ ސިލޯން އިލެކްޓްރިސިޓީ ބޯޑުގެ ޗެއަރމަން ފާޑިނެންޑޯ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ޕެނަލަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލަންކާގެ މައްނާރު ޑިސްޓްރިކްޓުގައި ކުރިއަށްގެންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް އަދާނީއަށް ދިނުމަށް މޯދީ ލަންކާގެ ރައީސަށް މަޖުބޫރު ކުރުވިކަމަށެވެ.

އެ ކޮމިޓީގައި އެހެން ވިދާޅުވި ނަމަވެސް ފަހުން ފާޑިނަންޑޯވަނީ އެ ވާހަކަތައް އަނބުރާ ގެންގޮސްފައެވެ. އަދި އެއީ ޖަޒުބާތުގައި ޖެހިގެން ދެކެވުނު ވާހަކައެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ލަންކާގެ ރައީސް ވެސް ވަނީ އެވާހަކަތައް ދޮގުކޮށް ފަހުން ޓުވީޓު ކުރައްވާފައެވެ.

ދާދިފަހުން ލަންކާއިން ވަނީ އެ ޤައުމުގެ ހަކަތައާއި ބެހޭ ޤާނޫނަށް ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ބިޑު ނުކޮށް ހަކަތައާއި ބެހޭ މަޝްރޫއުތައް ދެވޭގޮތަށް ވަނީ ފާސްކޮށްފައެވެ. ލަންކާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި އެ ބަދަލުގެނެސްފައިވަނީ އަދާނީ ގުރޫޕުފަދަ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމަށެވެ.

އަދާނީ ގުރޫޕުން ވަނީ މީގެ ކުރިން ލަންކާގެ ކޮލޮމްބޯ ޓާމިނަލް މަޝްރޫއު ހިނގަންވެސް ހަވާލުވެފައެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީވެސް ބިޑު ކުރުމަކާއި ނުލައެވެ.

އަދާނީ ގުރޫޕުގެ ވެރިއާ ގައުތަމް އަދާނީ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. އަދި މޯދީ ވެރިކަމަށް އައިފަހުން އިންޑިއާގެ އެތައް މަޝްރޫއެއް ވަނީ އަދާނީގެ ކުންފުނިތަކާއި ހަވާލުކޮށްފައެވެ. ދިވެހިރާޢްޖޭގެ ބައެއް މަޝްރޫއުތައްވެސް އަދާނީ ގުރޫޕާއި ހަވާލުކުރަން ސަރުކާރުން މަސައްކަތް ކުރާކަމަށް މީގެ ކުރިން ވަނީ އަޑު ފެތުރިފައެވެ.

މި ލިއުމާއި ގުޅޭ