އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރާ އެސްޖޭ ކްރީކް ރެސިޑެންސްގެ މަސައްކަތް ފަށައިފި އެވެ.
އެތަނުގެ ބިންގާ ހުޅުމާލޭގައި އެޅީ އިއްޔެ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެސްޖޭ ކްރީކް ރެސިޑެންސަކީ މަތީ ފަންތީގެ ގިނަ ހިދުމަތްތައްދޭ 14 ބުރީގެ އެޕާޓްމަންޓް އިމާރާތެކެވެ.
އެ އިމާރާތުގައި ހަތަރު ކޮޓަރީގެ ރެސިޑެންޝަލް ޔުނިޓުތަކާއި ތިން ކޮޓަރީގެ ކޮމާޝަލް ޔުނިޓްތައް ހިމެނެ އެވެ.
އެސްޖޭ ކްރީ ރެސިޑެންސްގެ ބިންގާ އެޅުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ދިޔަރެސް
އެސްޖޭ އިން ބުނި ގޮތުގައި އެސްޖޭ ކްރީކް ބިލްޑިންނަށް އާންމުން އިތުބާރުކުރަންޖެހޭ މައިގަނޑު ދެ ސަބަބެއް އެބަ އޮތެވެ. އެއީ އެ ޕްރޮޖެކްޓަށް ބޭނުންވާ މެޓީރިއަލް ސަޕްލައިކޮށްދެނީ އެސްޓީއޯއިން ކަމަށް ވުމާއެކު އެ ޕްރޮޖެކްޓަށް ބޭނުންވާ ފަންނީ އެހީ ހޯދަނީ އިންސައިޑް ޕްލައިސް ކަމަށް ވާތީ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަންގެ މަސައްކަތް ފެށީ އެންމެ ފުރަތަމަ 1996 ވަނަ އަހަރު އެވެ. އެ ކުންފުނިން މިވަގުތުވެސް ރާއްޖޭގެ 314 ހައުސިން ޔުނިޓްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ހިންގާ 200 ޔުނިޓާއި އަމިއްލަ 114 ޔުނިޓެވެ.