Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިޔާގެ ބައިމަދު މުސްލިމުން

އިންޑިއާގެ މުސްލިމް އެކްޓިވިސްޓް އަފްރީން ފާތިމާގެ ގެ އިންޑިއާ ސަރުކާރުން ސުންނާފަތިކޮށްފި

އިންޑިއާގެ މުސްލިމުންގެ ހައްގުތަކަށް ވަކާލާތުކޮށް މަސައްކަތްކުރާ މުސްލިމުން އަންހެން އެކްޓިވިސްޓެއް ކަމުގައިވާ އަފްރީން ފާޠިމާގެ ގެ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ސުންނާފަތިކޮށްފިއެވެ.

އުއްތަރަ ޕްރަދޭޝްގައި އޮންނަނީ އިންޑިއާގެ ފެޑެރަލް ސަރުކާރު ހިންގާ ބީޖޭޕީގެ ވެރިކަމެކެވެ. އުއްތަރަ ޕްރަދޭޝުގެ ބޮޑުވަޒީރަކީ ހިންދޫ ދީނުގެ ފާދިރީއެއް ކަމުގައިވާ ޔޯގީ އަދިތުޔާއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ނަރެންދުރަ މޯދީއަށްފަހު ބީޖޭޕީން އިންޑިއާގެ ބޮޑުވަޒީރުކަމަށް ކުރިމަތިލާނީ ޔޯގީއެވެ.

ބީޖޭޕީގެ ތަރުޖަމާން ނުޕުރް ޝަރުމާ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރުމުން އެކަމާ ދެކޮޅަށް ހުކުރުދުވަހު އިންޑިއާގެ މުސްލިމުން ބޭއްވި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވީ ފަރާތްތައް ކަމަށް އުއްތަރަ ޕްރަދޭޝްގެ ފުލުހުން ޝައްކުކުރާ ގިނަ ބައެއްގެ ގެދޮރު ސުންނާފަތިކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

އަފްރީން ފާޠިމާގެ ބައްޕަ ޖާވީދު މުޙައްމަދަކީ ވެލްފެއާ ޕާޓީ އޮފް އިންޑިއާގެ އިސް ލީޑަރެކެވެ. އިންޑިއާގެ މުސްލިމުން ކިބައިން ރައްޔިތުކަން ނިގުޅައިގަންނަ ޤާނޫނާ ދެކޮޅަށް މުޅި އިންޑިއާގައި މުސްލިމުން ހިންގި އިހުތިޖާޖުތަކުގައި އިސްކޮށް ޖާވިދުވަނީ ބައިވެރިވެފައެވެ.

ބީޖޭޕީގެ އިސްވެރިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރުމުން އެކަމާ ދެކޮޅަށް ހުކުރުދުވަހު ބޭއްވި އިހުތިޖާޖުތައް އިންތިޒާމުކުރުމުގައި ޖާވީދު ބައިވެރިވިކަމަށް އިންޑިއާ ފުލުހުން ތުހުމަތުކުރެއެވެ. އޭނާއާއެކު އިތުރު ދިހަ މީހަކަށް ފުލުހުންގެ ތުހުމަތު އަމާޒުވެފައިވެއެވެ.

ހުކުރުދުވަހުގެ އިހުތިޖާޖާ ގުޅިގެން އެ ދުވަހުގައި ޖާވިދުގެ އަނބިމީހާއާއި އަންހެން ދަރިފުޅު ފުލުހުން ހައްޔަރުކުރި ނަމަވެސް ހަމަ އެ ދުވަހު އެ ދެމައިންވަނީ މިނިވަންކޮށްފައެވެ. ޖޫން 11 ވަނަ ދުވަހު އެ މީހުންގެ ގެ ސުންނާފަތިކޮށްލާނެކަން އަންގައި ނޯޓިސް ފޮނުވުމަށްފަހު މިއަދު ފުލުހުންގެ ހިމާޔަތުގައި އިދާރާތަކުންވަނީ ބުލްޑޯޒަރާއެކު އެ ގެ ހުންނަ ސަރަހައްދަށް ގޮސް ގެ ސުންނާފަތިކޮށްފައެވެ.

އަފްރީން ފާޠިމާއަކީ މުސްލިމު އަންހެންކުދިންނަށް ބުރުގާ އެޅުން މަނާކުރަން އިންޑިއާގެ އެކި ސަރަހައްދީ ސަރުކާރުތަކުން ކުރަމުން އަންނަ މަސައްކަތާ ދެކޮޅަށް އަޑުއުފުލައި އެވާހަކަތައް މީސްމީޑިއާގައި ފުޅާ ދާއިރާއެއްގައި ދެކި ދަރިވަރެކެވެ.

އަފްރީން ފާތިމާވަނީ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް، އޭނާގެ ބައްޕަގެ ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް އޮތްކަމަށް ބުނެ ޕެޓިޝަނެއް އާންމުކޮށްފައެވެ.

މި ލިއުމާއި ގުޅޭ