Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް

އެތައް ސަތޭކަ ބަޔަކު ނިކުމެ ރަސޫލާ ﷺ އަށް އޮތް ލޯބި ދައްކައިލައިފި!

އިންޑިއާގައި ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާން ކީރިތި ރަސޫލާ ﷺއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އެ ނަބިއްޔާ ﷺ ދިފާޢުގައި ޒުވާނުން ނިކުމެ "މަގޭ ނަބިއްޔާ ﷺ" ގެ ނަމުގައި ސައިކަލު ބުރެއް ބާއްވާ އެ ނަބިއްޔާއަށް އޮތް ލޯބި ދައްކައިލައިފިއެވެ.

ކީރިތި ރަސޫލާ ﷺއަށް ފުރައްސާރަކުރުމާއި ދެކޮޅަށް ޒުވާނުން ހިޔާލުފާޅުކޮށް ބާއްވާ މި ސައިކަލު ބުރު ފަށާފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރު ރަސްފަންނު ސަރަހައްދުންނެވެ.

އެގޮތުން މާލޭގެ ބޭރު މަގުގައި ކުރިއަށް ގެންދިޔަ މި ސައިކަލު ބުރުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާއިރު އެއްބަޔަކު ތިބީ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ.

ބީޖޭޕީގެ އިސް ދެމަސްއޫލުވެރިޔަކު ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އިންޑިއާގެ ޓީވީ ޗެނަލުން ދެއްކި ބަހުސްގައި ނުޕުރް ޝަރުމާވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުންކޮށް، އެކަލޭގެފާނުގެ ޝަޚުޞިއްޔަތަށް ތައުހީނުކޮށްފައެވެ. އަދި އޭގެ އިތުރަށް ކީރިތި ޤުރުއާނަށްވެސް ފުރައްސާރަކޮށް، އެ ފޮތާމެދު ނަފުރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތްކޮށްފައެވެ.
އެކަމާއި ގުޅިގެން އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ދިވެހި ރާއްޖެއިން މިކަމާއި ގުޅިގެން ފިނި ބަޔާނެއް ނެރިފައިވަނީ އެކަން ހިނގިތާ ދިނަ ދުވަސް ފަހުންނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ދިވެހި ސަރުކާރަށް ފާޑު ކިޔަމުންނެވެ.
މި ލިއުމާއި ގުޅޭ