Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިޔާގެ ބައިމަދު މުސްލިމުން

ރަސޫލާ ﷺ ގެ ދިފާއުގައި އިންޑިއާ މުސްލިމުން ކުރި އިހުތިޖާޖުގެ ތެރެއަށް އެ ޤައުމުގެ ފުލުހުން ބަޑިޖަހައިފި

ހުކުރު ނަމާދަށް ފަހު އިންޑިއާގެ މުސްލިމުން ކީރިތި ރަސޫލާ ﷺ ގެ ދިފާއުގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއަށް އިންޑިއާ ސިފައިން ބަޑިޖަހައިފިއެވެ.

އެގޮތުން އިންޑިއާގެ އަވަށެއް ކަމުގައިވާ ރާންޗީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖަށް އަމާޒުކޮށް ތަފާތުކުރުމެއް ނެތި ވަކި މީހަކަށް ބެލުމެއް ނެތި އިންޑިއާ ފުލުހުން ބަޑިޖަހާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އާންމުވެފައިވެއެވެ.

އެތައް ހާސް މުސްލިމުން ބައިވެރިވި މި އިހުތިޖާޖުގެ ތެރެއަށް ބެލުމެއް ނެތި އިންޑިއާ ސިފައިން ބަޑިޖަހައި ދިން ހަމަލާތަކުގައި 2 މީހަކު ޝަހީދުވެފައިވެއެވެ. އަދި 10 މީހަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށް އިންޑިއާގެ މުސްތަޤިއްލު މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ހަމަލާތަކުގައި މަރުވި ދެ މީހުންނަކީވެސް ފުރާވަރުގެ ޒުވާނުންކަމަށްވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.

ހުކުރުދުވަހުގެ އިހުތިޖާޖަކީ އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ ޤައުމީ ތަރުޖަމާން ނަޕުރު ޝަރުމާ ފާއިތުވި މަހުގެ 28 ވަނަ ދުވަހުގައި މާތް ނަބިއްޔާ ﷺ އަށް ނިސްބަތްކޮށް ތައުހީނުކުރުމާ ގުޅިގެން ނުރުހުން ފާޅުކުރުމަށް ބޭއްވި މުޒާހަރާތަކަތެކެކެވެ.

ނަޕުރު ޝަރުމާގެ ވާހަކައާ ގުޅިގެން ބީޖޭޕީން ފިޔަވަޅެއް އަޅާފައިނުވަނީސް އަރަބި ޤައުމުތަކުގެ ނުރުހުން އިންޑިއާއަށް އަމާޒުވެ، އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓްކޮށް އެ ޤައުމުތަކުގައި ތިބި ހިންދުތުވާ ފިކުރުގެ މީހުން ވަޒީފާއިން ވަކިކުރާ ހިސާބަށް ކަންކަން ދިއުމާއެކު، ބީޖޭޕީންވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.

ޢަރަބި ޤައުމުުތަކުގެ ތެރެއިން ޤަޠަރާއި ކުވައިތާއި، ޢޮމާނުންވަނީ އެ ޤައުމުތަކުގައި ތިބި އިންޑިއާ ސަފީރުން އެ ޤައުމުތަކުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް ނަޕުރް ޝަރުމާގެ ވާހަކަތަކާމެދު ނުރުހުން ފާޅުކޮށްފައެވެ. އަދި ޤަޠަރުންވަނީ ރަސްމީކޮށް އިންޑިއާ ސަރުކާރުން މުސްލިމުން ކިބައިން މައާފަށް އެދުމަށް އެދިފައެވެ.

ނަމަވެސް އިންޑިއާއިން އަދި ބީޖޭޕީންވެސް ނަޕުރް ޝަރުމާގެ އަމަލާ ގުޅިގެން މައާފަށް އެދިފައިނުވަނީސް އިންޑިއާގެ އެކި ކަންކޮޅުތަކުގައި އެ ޤައުމުގެ މުސްލިމުން އިއްޔެ އިހުތިޖާޖުކޮށް ނަޕުރް ޝަރުމާ ހައްޔަރުކުރަން ގޮވައިލާފައިވެއެވެ.

މި ލިއުމާއި ގުޅޭ