Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ރާއްޖޭގެ ރަށެއްގައި ހުރެ ރަސޫލާއަށް ފުރައްސާރަކުރި އިންޑިއާ މީހަކު ބަރަހަނާކޮށްފި

އަމީންގިރީގައި މަސައްކަތްކުރާ އިންޑިއާ މީހަކު ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާއަށް ފުރައްސާރަކުރުމުން އެ ރަށުގައި މަސައްކަތްކުރާ ބަންގުލަދޭޝް މީހުން ރުޅިގަދަވެ އޭނާ ގައިގައި ތަޅައި ބަރަހަނާކޮށްފިއެވެ.

ކޮށްދިއްޕަރު ފިނޮޅުގައި އޮންނަ އަމީންގިރިގައި މަސައްކަތްކުރާ މި އިންޑިއާ މީހާ ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާއަށް ފުރައްސާރަކުރުމުން އެ ރަށުގައި މަސައްކަތްކުރާ ބަންގުލަދޭޝް މީހުން ވަރަށް ބޮޑަށް ރުޅިގަދަވެ އޭނާއާ ކުރިމަތިލާން ފެށުމުން އެމީހާވަނީ ދުވެފައި ގޮސް އެ ރަށު ގޮނޑުދޮށުގައި އޮތް ލޭންޑިން ކުރާފްޓަށް އަރާފައެވެ.

އޭނާ ފަހަތުން ބަންގުލަދޭޝް މީހުން އެ އުޅަނދަށް އަރައި އޭނާ ބަރަހަނާކުރުމުން، އެ ސަރަހައްދުގައި ތިބި ދިވެހިންވަނީ އެކަން ހުއްޓުވައި އަމީންގިރީގައި މަސައްކަތްކުރާ މީހުން ތިބޭ އަމީންފުއްޓަށް ގެންގޮސްފައެވެ. މިހާރު އޭނާ ހުރީ އެ ރަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެ ހިނގި މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނާއި އިސްވެރިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ފުރައްސާރަކުރުމާ ގުޅިގެން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މީސްމީޑިއާގައި އެކަން ކުށްވެރިކޮށް ޚިޔާލުފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން އިންޑިއާ ޑޮކްޓަރަކު މަސްތުގެ ހާލަތުގައި ހުރެ މާލެ ސިޓީގެ މަގުމަތީގައި މާތްﷲއާއި ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރިއެވެ. އެއިރު އެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

އަމީންގިރީގައި އިންޑިއާ މީހަކު ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ފުލުހުންނަށް މިހާތަނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިވޭތޯ ފުލުހުންގެ މީޑިއާ އޮފިޝަލާ ސުވާލުކުރަން މެސެޖު ފޮނުވުމުން ޖަވާބުދެއްވާފައިނުވާއިރު، ފޯނުން ގުޅުމުން ފޯނަށްވެސް ޖަވާބެއް ނުދެއްވައެވެ.

މި ލިއުމާއި ގުޅޭ