Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރީކޯ މޫސާ

ބީއެމްއެލްއިން ރީކޯ މޫސާ ނެގި 11 މިލިއަން ޑޮލަރުގެ ލޯނެއް އަދާނުކުރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިސް ބޭފުޅެއްކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކުގެ ކުންފުންޏަކުން ބީއެމްއެލްއިން ނަގާފައިވާ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ)ގެ ދަރަނި އަދިވެސް އަދާނުކުރާކަން ހާމަވެއްޖެއެވެ.

މި ފައިސާ ނުދައްކާ ހުރިކަން ހާމަވީ، ބޭންކް އޮފް މޯލްޑިވްސްއިން ރީކޯ މޫސާގެ ކުންފުނި ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ނަގާފައިވާ 11 މިލިއަން އެމެރިކާ ޑޮލަރު ނުދައްކާތީ 2011 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ފައިސާ ނުދައްކައިގެން ރަހުނު ވިއްކަން ބީއެމްއެލްއިން ހުށަހެޅުމުން، ރަހުނު ވިއްކުމުގެ ހުއްދައަށް އެދުން ހުއްޓުވުމުގެ އަމުރަކަށް އެދި މޫސާގެ ފަރާތުން ހުށަހަޅާފައިވާ އަމުރާމެދު ނިން މި ގޮތުގެ ރިޕޯޓުންނެވެ.

މި މައްސަލާގައި ބޭންކް އޮފް މޯލްޑިވްސްއިން އެދިފައިވަނީ އެ ލޯނާ ގުޅިގެން ރަހުނުކޮށްފައިވާ ލ.ފަރެސްގެ ބިމާއި، ލ،ބޮޑުހުރާއާއި، ލ.ކުޑަފަރެސް ހެޑްލީސް ރައިޓްސް ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސްއަށް ދިނުމަށެވެ.

އެކަމާ ގުޅިގެން މޫސަގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ރަހުނު ވިއްކާލުމުގެ ކުރިން ދަރަނި އެކީ އަދާކުރުމަށް ރަހުނުން ވިއްކައިލަންޖެހޭނެ މިންވަރު ކަނޑައެޅުމަށް މާކެޓް ވެލުއޭޝަނެއް ހަދަންޖެހޭނެ ކަމަށެވެ. އަދި އެ ވެލުއޭޝަން ނެތި ރަހުނު އެކީ ވިއްކައިލުމަށް ބީއެމްއެލްއަށް ނޭދެވޭނެ ކަމަށެވެ.

އަދި ވިއްކައިލުމަށް ހުށަހަޅާފައިވާ ރަށްތަކުގެ ތެރެއިން ފަރެސް، އަދި ކުޑަފަރެސް ބޭނުންކޮށްގެން އެކުއެކީގައި ރަސްގެރަހާ ރިސޯޓު ތަރައްޤީކޮށްފައިވާ އެ ދެ ރަށް އެކީ ވިއްކައިލުމުގެ ހައްގު ނުލިބޭނަމަ ލޯނު އެއްބަސްވުމާއި ރަހުނު އެއްބަސްވުންތަކުން ބީއެމްއެލްއަށް ލިބޭ ހައްގު ފުރިހަަމަ ގޮތުގައި ބޭންކަށް ނުލިބޭނެ ކަމުގައި ބޭންކުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ މައްޗަށް ރަހުނުތަކުގެ ވެލުއޭޝަނެއް ހެދުމަށްފަހު ކޯޓަށް ހުށަހެޅުމަށް ބީއެމްއެލްގެ މައްޗަށް ކޯޓުން އަމުރުކުރުމުން، އެ ބޭންކުންވަނީ 22 ނޮވެންބަރު 2021 ވަނަ ދުވަހުގައި ރަހުނުކޮށްފައިވާ މުދަލުގެ ޕްރައިސިން އެސެސްމެންޓު ރިޕޯޓެއް ނުވަތަ އެ ރަހުނުގެ އަގު ވަޒަންކޮށް ރިޕޯޓެއް ހުށަހަޅާފައެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި ބޭންކުން ހުށަހަޅާފައިވާ އަގުމަގުކުރުމުގެ ރިޕޯޓަކީ ޞައްޙަ ރިޕޯޓެއް ކަމަށާއި، އަދި 2011 ވަނަ އަހަރު ނިންމާފައިވާ ޤަޟިއްޔާއަކީ ދެ ފަރާތުން އެއްބަސްވި ގޮތަށް ނިންމާފައިވާ އެއްބަސްވުމަކަށްވާއިރު، ދައްކަންޖެހޭ އަދަދާމެދު ދެ ފަރާތުގެ މެދުގައި ދެބަސްވުމެއް ނެތެވެ.

އަދި މި ރަހުނު ވިއްކާލައިގެން ހޯދަންޖެހޭ ފައިސާ ނުހޯދިއްޖެނަމަ ބީއެމްއެލްގެ ވިޔަފާރިއަށް ލިބޭނެ ގެއްލުންތައް އެކުންފުނިން ކޯޓުގައި ސާބިތުކޮށްދީފައިވާއިރު، ރަހުނު ވިއްކައިލުމުން ލިބޭނެ ގެއްލުމެއް ހެވީ ލޯޑަށް ކޯޓުގައި ސާބިތުކޮށްދެވިފައިނުވާކަމަށްވެސް ސިވިލް ކޯޓުން ފާހަގަކުރިއެވެ. އެހެންކަމުން ރީކޯ މޫސާ އެދިވަޑައިގެންނެވި ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅާފައިވެއެވެ.

މި ލިއުމާއި ގުޅޭ