Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވަކީ ހާމަކުރާ އެއްޗެއް ނޫން: ރައީސް

ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުންނަ ރިޒާވަކީ ހާމަކުރާ އެއްޗެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބޭރުފައިސާގެ ރިޒާވުގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުންނަ ރިޒާވަކީ ހާމަކުރާ އެއްޗެއް ނޫންކަމަށް ރައީސް ވިދާޅުވެފައިވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވެފައިވަނީ ދައުލަތުގެ ރަސްމީ ރިޒާވް އެއްވަރެއްގައި ހިފަހައްޓަމުންދާ ކަމަށެވެ. އަދި ޔޫޒަބަލް ރިޒާވަކީ މިހާރު އާންމުކުރާ އެއްޗެއް ނޫންކަމަށާއި، އެ އާންމުނުކުރުމަކީ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމާ ނިންމުމެއް ކަމުގައިވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ޔޫޒަބަލް ރިޒާވްގެ ފެންނަން ހުރި ހިސާބުތައް އެންމެ ފަހުން އަދާހަމަކޮށްފައިވަނީ 2018 ވަނަ އަހަރުގައި ކަމަށެވެ. އެހެންކަމުން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ޔޫޒަބަލް ރިޒާވްގައި ހުރި މިންވަރުތައް ފެންނަން އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގައި ރިޒާވްގައި ހުރީ 281.4 މިލިއަން އެމެރިކާ ޑޮލަރު ޔޫޒަބަލް ރިޒާވްގައި ހުރި ކަމަށާއި، 2017 ވަނަ އަހަރުގައި ޖީއެމްއާރަށް 250 މިލިއަން ޑޮލަރު ދައްކަން ޖެހުމުން ރިޒާވުގެ އަދަދު 50 މިލިއަން ޑޮލަރަށްވުރެ ދަށަށް ދިޔަ ކަމަށެވެ.

އެއާއެކު ރައީސް ޞާލިޙު ވިދާޅުވީ މި އަހަރަކީ މިހާތަނަށް ޔޫޒަބަލް ރިޒާވްގައި އެންމެ ގިނަ އަދަދަކަށް ފައިސާހުރި އެއް އަހަރު ކަމަށްވާނެ ކަމަށެވެ. އެގޮތުން މި އަހަރުގެ ކުރިއަށް އޮތް މަސްތަކަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ތެޔޮ ގަތުމަށް ބޭނުންވާ މިންވަރަށް ޔޫޒަބަލް ރިޒާވްގައި ފައިސާހުރި ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އެއާއެކު ރައީސް ފާހަގަކުރެއްވީ ރިޒާވަށް ބުރަ ބޮޑުނުވާނެ ގޮތް ހެއްދެވުމަށްޓަކައި އެސްޓީއޯއަށް މިހާރު ދަރަންޏަށް ފައިސާ ނަގާފައިވާ ކަމެވެ.

މި ލިއުމާއި ގުޅޭ