Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ކަންކަން އެމެރިކާއިން ފާހަގަކުރުމުން އިންޑިއާ ރަތަށް

އިންޑިއާގައި ހިންގާ ލާއިންސާނީ އަމަލުތައް ފާހަގަކޮށް އެކަންކަމުގައި އެ ޤައުމުގެ ސަރުކާރުގެ މަސްއޫލުވެރިންގެ ދައުރު އެމެރިކާއިން ނެރުނު ރިޕޯޓެއްގައި ފާހަގަކުރުމާ ގުޅިގެން އިންޑިއާ ސަރުކާރާއި ހިންދުތުވާ ފިކުރަށް ތާއީދުކުރާ ޖަމާއަތްތައް ވަރަށް ބޮޑަށް ރުޅިގަދަވެއްޖެއެވެ.

ބައިނަލްއަޤުވާމީ ދީނީ މިނިވަންކަމާ ގުޅޭ 2021 ވަނަ އަހަރުގެ ރިޕޯޓު އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނީ ފާއިތުވި ބުރާސްފަތި ދުވަހުގައެވެ. އެ ރިޕޯޓުގައި އިންޑިއާގައި ހިންގަމުންދާ ދީނާ ގުޅުންހުރި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި "ގެރި ކަތިލުމުގެ" ތުހުމަތުގައި ހިންދޫން ނޫން އެހެން މީހުންނަށް ބޮޑެތި އަނިޔާތައްކޮށްފައިވާ ކަމަށާއި، މީހުން މަރާފައިވެސްވާކަން އެމެރިކާގެ ރިޕޯޓުގައި ފާހަގަކުރިއެވެ.

އަދި މިފަދައިން އިންޑިއާގެ ބައިމަދު ދީނީ ޖަމާޢަތްތަކާމެދު ހިންގާ އަނިޔާވެރި އަމަލުތަކަށް އިންޑިއާގެ ސަރުކާރުގެ އިސްވެރިން ހިތްވަރުދޭ ކަމަށާއި، އަދި އެފަދަ މައްސަލަތަކަށް އަޅައިނުލާ އިހުމާލުވާކަމަށްވެސް އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ރިޕޯޓުގައި ފާހަގަކުރިއެވެ.

އެ ރިޕޯޓު ނެރުމާ ގުޅިގެން އެމެރިކާއިން ކަނޑައަޅާފައިވާ ދީނީ މިނިވަންކަމާއި ޙައްޤުތަކާ ގުޅޭ އެންވޯއީ ރަޝާދު ޙަސަަން ދެއްކެވި ވާހަކަފުޅުގައި އޭނާވެސް ވިދާޅުވެފައިވަނީ އިންޑިއާގެ މަސްއޫލުވެރިން އަންނަނީ ބައިމަދު ދީނީ ޖަމާޢަތްތަކާމެދު އެކި ނަންނަމުގައި ހިންގާ ލާއިންސާނީ އަމަލުތަކާމެދު އިހުމާލުވެ އެކަންކަން ނުވާކަމަށް ހަދަމުން ނުވަތަ އެކަންކަމަށް ހިތްވަރު ދެމުންކަމަށެވެ.

،މި ރިޕޯޓާ ގުޅިގެން އިންޑިއާގެ ޚާރިޖިއްޔާއިންވަނީ ވަރަށް ހޫނު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ ޕާޓީން ތުހުމަތުކުރީ އެމެރިކާއިން ޚާރިޖީ ގުޅުންތައް ބޭނުންކުރަމުންދަނީ އެ ޤައުމުގެ ސަރުކާރުން ވަކި ބައެއްގެ ވޯޓު ހޯދަން ގެންގުޅޭ އުކުޅެއްގެ ގޮތުގައެވެ. އިންޑިއާ ސަރުކާރުގެ ބަޔާނުގައި ބުނެފައިވާ ވާހަކައިން ދޭހަވަނީ އެމެރިކާގެ ރިޕޯޓަކީ އެ ޤައުމުގެ ރައީސް ޖޯ ބައިޑަން އެމެރިކާ މުސްލިމުންގެ ތާއީދު ހޯއްދަވަން ނެރުއްވި ރިޕޯޓެއްކަމަށް އިންޑިއާއިން ތުހުމަތުކުރާ ކަމަށެވެ.

އަދި ސިންދަފާތު ތަފާތު އެތައް ދީނެއްގެ ބައެއް ދިރިއުޅޭ ޤައުމެއްގެ ހައިސިއްޔަތުން އިންޑިއާއިން އަބަދުވެސް ދީނީ މިނިވަންކަމާއި ދީނީ ޖަމާޢަތްތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް އިސްކަންދޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ. ހަމައެހެންމެ އެމެރިކާއާއެކު ދެކެވޭ ވާހަކަތަކުގައި އެމެރިކާގައި ހުރި ތަފާތު މައްސަލަތައް އިންޑިއާއިން ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ބަޑިން ހަމަލާދޭ މައްސަލަތަކާއި، ނަސްލީ ތަފާތުކުރުމުގެ ކަންކަން ފާހަގަކުރި ކަމަށް އިންޑިއާއިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއަށް ތާއީދުކުރާ ޓީވީ ޗެނަލްތަކުގައިވެސް އެމެރިކާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް އެމެރިކާގެ ރައީސަކީ އެ ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް އެއްވެސް ކަމެއް ނުކުރައްވާ ވެރިއެއްކަމަށް ބުނެ ރިޕޯޓުތައް ގެނެސްދީފައިވެއެވެ.

މި ލިއުމާއި ގުޅޭ