ކެސްޕާ ރޫޑް ފަސޭހަކަމާއެކު ބަލިކުރުމަށްފަހު ސްޕެއިންގެ ރަފައެލް ނަޑާލް ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން 14 ވަނަ ފަހަރަށް ހޯދައިފިއެވެ.
މިއީ ނަދާލް ކާމިޔާބުކުރި 22 ވަނަ ގްރޭންޑް ސްލޭމް ތަށިކަން ފާހަގަކޮށްލެވެއެވެ. ނަދާލް އާއި އެންމެ ކައިރިން ގްރޭންޑް ސްލޭމް ކާމިޔާބުކުރި ޓެނިސް ކުޅުންތެރިއަކީ ސާބިއާގެ ނޯވަކް ޖޮކޮވިޗާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާއެވެ. މި ދެ ކުޅުންތެރިން ވަނީ 20 ފަހަރު ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައެވެ.
ފައިނަލުގައި ނަޑާލް ސެޓްތައް ގެންދިޔައީ 6-3، 6-3، އަދި 6-0 އިންނެވެ.
މިއީ ނޯވޭ އަށް ނިސްބަތްވާ ރޫޑް އާއި ނަޑާލް ވާދަކުރި ފުރަތަމަ ޕްރޮފެޝަނަލް މެޗެވެ. އޭގެ އިތުރުން ރޫޑް ވާދަކުރި ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލް ވެސް މެއެވެ.
ނަޑާލް ވަނީ މި ފަަހަރުގެ ފްރެންޗް އޯޕަންގައި ރޫޑްގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފުކޮށް، ކާމިޔާބު ކެރިއަރަކަށް އެދޭ ކަމަށް ބުނެފައެވެ.