Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގެ ފަސް ފުލުހަކު މުސްލިމެއްގެ ފުރަގަސް ފަރާތަށް ދަނޑިއެއް ކޮށްޕައި އަނިޔާކޮށްފި

އިންޑިއާގެ ފަސް ފުލުހަކު މުސްލިމެއްގެ ފުރަގަސް ފަރާތަށް ދަނޑިއެއް ކޮށްޕައި ބޮޑެތި ލާއިންސާނީ އަނިޔާތަކެއް ކޮށްފިއެވެ.

އިންޑިއަން ޓައިމްސްއިން ބުނި ގޮތުގައި މި މައްސަލާގައި ޝާމިލުވަނީ ޕޮލިސް އައުޓް ޕޯސްޓެއްގެ އެންމެ އިސްވެރިޔަކާއި އޭނާގެ ދަށުން މަސައްކަތްކުރަން ތިބި ހަތަރު ކޮންސްޓަބަލުންގެ އިތުރަށް ކޮން ބައެއްކަން މިހާތަނަށް ކަށަވަރުނުވާ ދެ މީހުންނެވެ.

މި މީހުން މުސްލިމަކު ހައްޔަރުކޮށް އޭނާއަށް ބޮޑެތި އަނިޔާތަކެއް ދިނީ ގެރިއެއް ކަތިލިކަމަށް ތުހުމަތުކޮށެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝް (ޔޫޕީ)ގެ ބަޑުއާންގައެވެ.

މި 22 އަހަރުގެ މީހާގެ މަންމަ "އިންޑިއަން އެކްސްޕްރެސް" ނޫހާ ވާހަކަދައްކަމުން ބުނެފައިވަނީ އެ ސަބްއިންސްޕެކްޓާ ސަޓްޔާ ޕާލް އަދި އޭނާގެ ދަށުން މަސައްކަތްކުރި ފުލުހުން އަހަރެންގެ ދަރިފުޅުގެ ފުރަގަސް ފަރާތަށް ދަނޑިއެއް ކޮށްޕައި ވަރަށް ބޮޑެތި އަނިޔާތަކެއް ދީފައި ކަމަށެވެ.

އުއްތަރަ ޕްރަދޭޝްގެ ޑަޓަންގާންޖުގެ ފުލުހުންގެ އޮފިސާ އޯޕީ ސިންހު ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންގޮސް އޭނާގެ މެޑިކޯ ލީގަލް ޓެސްޓުތައް ހަދާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ކުރެވޭ ތުހުމަތުތަކަކީ ޞައްޙަ ތުހުމަތުތަކެއްކަން އެ ރިޕޯޓުން އެނގިފައިވާ ކަމަށެވެ.

އެ ފަސް ފުލުހުންނާ ދެކޮޅަށް އެފްއައިއާރުއެއް މިހާރު ހުށަހަޅާފައިވާ ކަމަށާއި، އިބްތިދާއީ ތަހުގީގުން އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ޞައްޙަކަން ކަށަވަރުކުރެވިފައިވާ ކަމަށްވެސް އިންޑިއާގެ ފުލުހުން ބުންޏެވެ.

ޑޮކްޓަރަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ މި ހާދިސާގައި އަނިޔާވި ޒުވާނާ އޮތީ ހޮސްޕިޓަލުގައި ކަމަށާއި، އިރުއިރުކޮޅާ އޭނާއަށް ސީޒާތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ގެރި ކަތިލުމުގެ މައްސަލަތަކެއްގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ގޭންގުސްޓާރަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ މޭ މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާގެ ފަހަރި ނޫހަަަށް މައުލޫމާތު ދެމުން ބުނީ ހައްޔަރުކުރި ދުވަހުގެ ރޭ އެކީ ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.

ދެ ދުވަސް ފަހުން އެ މީހުންނަށް ހައްޔަރުކުރެވުނީ ރަނގަޅު މީހާ ނޫންކަން އެނގިގެން އޭނާއަށް 100 ރުފީސް ދިނުމަށްފަހު އަނބުރާ ގެއަށް ފޮނުވާފައި ކަމަށްވެސް އޭނާގެ އާއިލާއިން ނޫސްތަކަށް މައުލޫމާތު ދީފައިވެއެވެ.

ޑޮކްޓަރުން ބުނެފައިވަނީ މި އަނިޔާތަކުގެ ސަބަބުން އެ ޒުވާނާގެ ނާރުގެ ނިޒާމަށްވެސް އަސަރުކޮށްފައިވާ ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު އެހެން ތަފުސީލުތައް ހާމަކުރަން ޑޮކްޓަރުން ދެކޮޅުހަދައެވެ.

މި ލިއުމާއި ގުޅޭ