Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ސްޓެލްކޯގެ ފްލެޓްތަކަށް އެ ކުންފުނީގެ ހަރަދުގައި ކަރަންޓު ދޭން ނިންމައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ސްޓެލްކޯގެ ފްލެޓްތަކަށް ކުންފުނީގެ ހަރަދުގައި ކަރަންޓުލުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

ރޭ އޮތް ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކަށް ފަހު އެކަން އަންގާ އެކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސްޓެލްކޯ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ.

ސްޓެލްކޯއިން މި ނިންމުން ނިންމާފައި މިވަނީ، އެ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތް، އެޗްޑީސީން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައި މަހު ފްލެޓްތަކަށް މީހުން ވައްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ދެއްވާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ