Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔުނައިޓެޑް ކިންގްޑަމް

އިނގިރޭސިވިލާތުގެ ބަރުލަމާނުގެ މާލިއްޔަތު ކޮމިޓީގެ އަހަރީ ކޮންފަރެންސް ރާއްޖޭގައި ބާއްވަން ހުށަހަޅައިފި

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އަހަރީ ކޮންފަރެންސް ރާއްޖޭގައި ބާއްވަން ހުށަހަޅައިފިއެވެ.

އިނގިރޭސިވިލާތުގެ ޕާލިމެންޓުގެ ޤާނޫނު ހަދާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އަހަރީ ކޮންފަރެންސް ރާއްޖޭގައި ބާއްވަން ހުށަހަޅާފައިވާކަން މިއަދު ހާމަކުރައްވާފއިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަދި ކިބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނާޝިޒެވެ.

މިއަދު ކުރިއަށްދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެޖެންޑާކޮށްފައިވާ ކައުންސިލުތަކުގެ މާލީ ރިޕޯޓު ހުށަހަޅާފައިނުވާ މައްސަލައިގެ ބަހުސް ފެއްޓެވުމުގެ ކުރިން ނާޝިޒު ވިދާޅުވީ، އިނގެރޭސިވިލާތުގެ ޕާލިމެންޓުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީގެ އަހަރީ ކޮންފަރެންސް ރާއްޖޭގައި ބާއްވަން ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދިޔައީތޯ ޔޫކޭ ދަތުރުގައި ޔޫކޭ ޕާލިމެންޓަށް. އެ މީހުންގެ ޕަބްލިކް އެކައުންޓްސް ކޮމެޓީގެ ބައްދަލުވުން ރާއްޖޭގައި ބާއްވައިދޭން ހުށަހަޅާފައިވޭ،" ނާޝިޒު ވިދާޅުވިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ބާއްވައިދޭ ފަރާތުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުން ހަމަޖައްސައިދޭންޖެހެނީ ކޮންފަރެންސް ބާއްވާނެ ހޯލެއްގެ އިތުރަށް ކޮންފަރެންސް އޮންނަ ވަގުތުގެ ކޮއްތު ނުވަތަ ސައިކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މި ކޮންފަރެންސް އޮންނާނީ މި އަހަރުގެ އޯގަސްޓު މަހުގެ 30 އަދި 31 ވަނަ ދުވަހުގައި ކަމަށެވެ. ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ 20 ވަރަކަށް ބޭފުޅުންކަމަށްވެސް ނާާޝިޒު ވިދާޅުވިއެވެ.

އޭނާ އެދިވަޑައިގަންނަވަނީ އެ ކޮންފަރެންސް ހޮސްޓުކުރުމަކީ ކުރެވޭނެ ކަމެއް ކަމުގައިވަނީނަމަ އެކަން ކުރަންކަމަށާއި، މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ ލަފައެއް އެކަމުގައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ނާޝިޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ