Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެހާ ބޮޑަށް އިންޑިޔާއަށް ބަރޯސާވުން ރަނގަޅުތަ؟: ދުންޔާ މައުމޫނު

އިންޑިޔާއަށް މިހާރު ބަރޯސާވާ މިންވަރަށް އެޤައުމުގެ މައްޗަށް ބަރޯސާވުން ރަނގަޅުތޯ ދިވެހިރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު ދުންޔާ މައުމޫނު ސުވާލު އުފައްދަވައިފިއެވެ.
ދުންޔާ މިފަދައިން ސުވާލުކުރެއްވީ މިއަދު އެކަމަނާ ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި އެކަމަނާ އިޝާރާތްކުރެއްވީ އިންޑިޔާއިން ޢަސްކަރީ އުޅަނދެއް ދިނުމަށް ޚާރިޖީވަޒީރު މާރިޔާ އަޙްމަދު ދީދީ އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އިޝާރާތްކުރައްވައެވެ.
Very interesting. Looks like everything has to come from India! Appreciate India as a good friend, but we do need to stand on our own 2 feet. Is this much of dependency a good thing? Friends can support but perpetuating dependency?? https://t.co/Pm9ZXk7CsV— Dunya Maumoon (@dunyamaumoon) February 9, 2020

ދުންޔާ އެކަމަނާގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ފެންނަ ފެނުމަށް މިހާރު ހުރިހާ އެއްޗެއްވެސް ލިބެންޖެހެނީ އިންޑިޔާއިން ކަމުގައެވެ. އޭގެ އިތުރަށް އެކަމަނާ ވިދާޅުވީ އިންޑިޔާއަކީ ރާއްޖެއާ ގާތް އެކުވެރި ޤައުމެއް ކަމުގައެވެ. ނަމަވެސް ދިވެހިރާއްޖެ އަމިއްލަ ދެފައި މައްޗަށް ތެދުވުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ދުންޔާ ވިދާޅުވިއެވެ.
އަދި އެކުވެރި ދައުލަތްތަކުން އެހީތެރިވުމަކީ މައްސަލައެއް ނޫން ކަމުގައި ދުންޔާ ވިދާޅުވިއެވެ. ނަމަވެސް އެއް ޤައުމުގެ މައްޗަށް ބަރޯސާވާ މަންޒަރު ފެނުމަކީ ނުވަތަ އެންމެ ޤައުމެއްގެ މައްޗަށް ބަރޯސާވުމުގެ އިޙުސާސު އުފެއްދުމަކީ ކޮންކަހަލަ ކަމެއްތޯވެސް ދުންޔާ ސުވާލު އުފައްދަވާފައިވެއެވެ.
އައު ސަރުކާރު ވެރިކަމަށް އައުމާއެކު ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުން ކުރިއަށްވުރެ ބަދަހިވެފައިވެއެވެ. އަދި އިންޑިޔާގެ މައްޗަށް ރާއްޖެއިން އެކި ކަންކަމުގައި ބަރޯސާވާ މިންވަރު މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ލިއުމާއި ގުޅޭ