Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޙުސައިން ރަޝީދު ޙަސަން

ޑރ.ހުސެއިންގެ ތުރުކީ ދަތުރުގެ ޓިކެޓަށް އެކަނި 58981 ރުފިޔާ

ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ޓިކެޓަށް އެކަނި 3825 ޑޮލަރު (58981 ރުފިޔާ) ހަރަދުކުރައްވައިފިއެވެ.

މިކަން ހާމަވެފައިވަނީ ފިޝަރީޒް މިނިސްޓަރުގެ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން "ދިޔަރެސް" އިން އެ މިނިސްޓްރީއަށް ހުށަހެޅި މަހޯލި ފޯމަކަށް އެ މިނިސްޓްރީން ދިން ޖަވާބުގައެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިނިސްޓަރު ހުސެއިން މަޤާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ދައުލަތުގެ ހަރަދުގައި ރާއްޖެއިން ބޭރަށް ކުރައްވާފައިވަނީ 3 ދަތުރުފުޅެވެ. އެއީ ތުރުކީ، ބަންގްލަދޭޝް އަދި އަރަބް އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅުތަކެވެ.

މި ދަތުރުތަކުގެ ތެރެއިން ޔޫއޭއީއަށް ކުރެއްވި ދަތުރުގެ އެއްވެސް މައުލޫމާތެއް މިނިސްޓްރީން ހާމްކޮށްފައިނުވެއެވެ. ތުރުކީ ދަތުރުތަށް މުޅި އެކު 8613 ޑޮލަރު (132،812) ހަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން 3825 (58981 ރުފިޔާ) ޑޮލަރަކީ މިނިސްޓަރު ހުސެއިން ބިޒްނަސް ކުލާހުން ދަތުރުކުރެއްވުމަށް ހޭދަކުރެއްވި ފައިސާއެވެ. މި ދަތުރުގެ ހުރުމާއި ކެއުން ހަމަޖައްސާދީފައިވަނީ ތުރުކީގެ ސަރުކާރުންނެވެ. މިނިސްޓަރާއި އެކު މިނިސްޓްރީގެ ދެ ބޭފުޅަކު މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައިވެސް މިނިސްޓަރު ހުސެއިން ދަތުރުކުރެއްވީ ބިޒްނަސް ކްލާހުންނެވެ. މި ދަތުރުފުޅަށް ޖުމްލަ ހަރަދުވީ 4857 (74894 ރުފިޔާ) ޑޮލަރެވެ. އޭގެތެރެއިން 2158 ޑޮލަރަކީ މިނިސްޓަރު ހުސެއިން ގެ ޓިކެޓާއި އެބޭފުޅާގެ ހުރުމާއި ކެއުމުގެ ހަރަދެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ އެކި ވަޒީރުން އަހަރެއްގެ މައްޗަށް އެތައް ދަތުރެއް ކުރެއެވެ. މި އަހަރުގެ މިހާތަނަށް އެކަނިވެސް ދަތުރުތަކަށް 62 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ