Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ލަމްހާއަށް ޖަލުގައި ހާއްސަ އިންތިޒާމުތައް ހަމަޖެއްސީ ރައީސް ސޯލިހުގެ ނުފޫޒުން؟

ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފަިއވާ ހަލީމަތު ލަމްހާ، (24އ) އަށް ޖަލުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވަނީ ނުފޫޒުގެ ބޭނުންކޮށްގެން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ލަމްހާގެ މައްޗަށް ދައުވާ ކުރަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ، ނަރުސް މޭރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަރާލުމުގައި އޭނާ ފިރިމީހާ މާވިންއާ ގުޅިގެން ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.
އެ ދައުވާއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގެ ދައުލަތުން ވަނީ ޑޮކްޓަރުންގެ ލަފައާ ގުޅިގެން ލަމްހާގެ ބޭސްފަރުވާގެ ކަންކަމާއި ޖަލުގައި ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތަފްސީލު ދީފަ އެވެ.
އެގޮތުން، ބަރު އެއްޗެހި ނުއުފުލަން ލަފާ ދީފައިވާތީ ފެން ބާލިދީ އުފުލަން ނުޖެހޭ ގޮތަށް އިސްކުރުގައި ހަރުކުރާނެ ހޮޅިއެއް ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ. ލަމްހާ ސިޑިން ތަންތަނަށް އަރާއިރު ކަރެކްޝަންސް އޮފިސަރުން އެހީތެރިވާން ތިބޭ ކަމަށާއި އަމިއްލައަށް އެއްޗެހި ދޮންނަން ނުޖެހޭ ގޮތަށް ލޯންޑްރީ ހިދުމަތް ވެސް ލަމްހާއަށް ދިން ކަމަށް ދައުލަތުން ބުންޏެވެ.
އަދި ލަމްހާގެ ކައިރިއަށް މުވައްޒަފުން ގޮސް އޭނާގެ ތައްޓަށް ކާތަކެތި އަޅައިދޭނެ އިންތިޒާމުތައްވެސް ހަމަޖައްސާފައިވެ އެވެ.
މީހަކު މެރުމުގައި ބައިވެރިވިފައިވާ މީހަކަށް އެފަދަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ވާތީ ގިނަ އާންމުންގެ ފާޑުކިޔުންވެސް އަމާޒުވި އެވެ.
"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަމްހާގެ މަންމަ އައިސާފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މަންމާފުޅުގެ ކެއާޓޭކާ އެވެ. އެހެންވެ ޖަލުގައި އެހެން މީހުންނަށް ހަމަޖައްސައި ނުދޭފަދަ އިންތިޒާމުތަކެއް ލަމްހާއަށް ހަމަޖައްސާފައިވަނީ ރައީސް ސޯލިހުގެ ނުފޫޒުން ކަމަށް މައުލޫމާތު ލިބެ އެވެ.

އޮކްޓޯބަރު 19 ގައި މޭރީ މަރާލުމުގެ ކުރިން އޭނާ ވަނީ ލަމްހާ އޭނާގެ ފޯނަށް ކޮށްފައިހުރި މެސެޖުތަކެއް އެހެން މީހަކަށް ދައްކާފަ އެވެ. ތިމަންނާއަކީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ މީހެކޭ މޭރީ ޑީޕޯޓްކޮށްލާނަމޭ އެ މެސެޖުތަކުގައި ލަމްހާ ބުނެފައިވާ ކަމަށްވެ އެވެ.

މަރުގެ ކުރިން ލަމްހާ ބުނެގެން މީހަކު މޭރީއާ ބައްދަލުކޮށް ލަމްހާ މޭރީއަށް ފޮނުވާފައި ހުރި މެސެޖުތައް އައިޖީއެމްއެޗަށް ހުށަހަޅައި ޝަކުވާކުރަން އުޅޭތީ އެކަން ހުއްޓުވި ކަމަށްވެ އެވެ. އެކަން ހުއްޓުވަން ވެސް ބުނެފައވަނީ ލަމްހާ އަކީ ސިޔާސީ ގޮތުން ނުފޫޒު ހުރި މީހެއް ކަމަށެވެ.
މޭރީގެ މަރުގެ ކުރިން ފުލުހުންގެ ތެރެއިންވެސް މީހަކު މޭރީއާ ބައްދަލުކޮށް އިންޒާރުދިން ކަމަށް މި ނޫހަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބިފައިވެ އެވެ.
އެކަމަކު ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން އަހްމަދު "ދިޔަރެސް" އަށް މިއަދު ވިދާޅުވީ އިސްކުރަށް ހޮޅިއެއް ގުޅައިދީފައިވަނީ ލަމްހާއަށް ގުދުވާން އުނދަގޫވާތީ އޭނާގެ މެޑިކަލް ކޮންޑިޝަނަށް ބެލުމަށްފަހު ކަމަށެވެ. ލަމްހާއަށް ވަކިން ހާއްސަ ގިނަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.
"އެހެން ކަންތައްތައް ހަމަ އެހެން ގައިދީންނެކޭ އެއްގޮތަށް ހަމަ އޮންނާނީ. ކާން އަޅައިދިނުމާއި ލޯންޑްރީ ސާވިސް އޮންނާނެ ހަމަ އެހެން ގައިދީންނަށްވެސް،" ޔުސްރާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ