Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްނެސްޓީ އިންޓަނޭޝަނަލް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާތީ އެމްނެސްޓީން ކަންބޮޑުވުން ފާޅުކޮށްފި

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، ސުލްހަވެރި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާތީ އިންސާނީ ހައްހުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ބެނާތައް ހިފައިގެން މާލޭގެ މަގުތަކުގައި ރޭ ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ހިނގާލުމަށް އެންމެ ފުރަތަމަ ހުރަސްއެޅީ އެސްއޯ ފުލުހުންނެވެ.
އޭގެ ފަހުން ސިފައިންވެސް ނުކުމެ ހިނގާލުން ރޫޅާލުމުގެ މަސައްކަތުގައި ބައިވެރިވި އެވެ. އަދި ހިނގާލުމުގެ ތެރެއިން އިންޑިއާ އައުޓް ލިޔެފައިވާ ދިދައެއް ހިފައިގެން ހުރި ބައިވެރިއަކު ފަހައި ސިފައިންގެ މީހަކު ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވި އެވެ.
އެމްނެސްޓީން މިއަދު ބުނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތައް ހިފެހެއްޓުމުގެ ނަމުގައި ރައީސްގެ ގަރާރަކުން ރާއްޖޭގައި މުޒާހަރާކުރުމުގެ ހައްގު ހަނިކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތުން ސުލްހަވެރި މުޒާހަރާކުރާ ފަރާތްތަކާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި ވާތީ އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރި އެވެ.

ސުލްހަވެރިކަމާއެކު މުޒާހަރާ ކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އެއްވެސް ވަރަކަށް ހަނިކުރާނަމަ، އެކަން ކުރަނީ ގަނޫނާ އެއްގޮތަށްތޯ ޔަގީން ކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އެ ޖަމިއްޔާއިން އިލްތިމާސްކުރި އެވެ.

އަދި އެ ޖަމިއްޔާއިން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުން ކުށްވެރިކޮށް، ވަކި ފަރާތަކަށް ނުޖެހި އެކަން ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި ރައީސް އިބްރާހީމް ސޯލިހު ނެރުއްވި ރިޔާސީ ގަރާރާއެކު، އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ މައްޗަށް އެމަނިކުފާނުވަނީ އަމުރުކުރައްވާފަ އެވެ.
އެގޮތުން އިންޑިއާ އައުޓް ޝިއާރު ދޭހަވާގޮތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރުކޮށްފައިވާ ބެނާތައް ފުލުހުން ނުކުމެ ނަގާފައި ވާއިރު، ބެނާ ހަރުކުރި ބައެއް ގެތަކުގެ ވެރިފަރާތް ފުލުހަށްވެސް ހާޒިރުކުރި އެވެ. އަދި އެ ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްވާތީ ކަމަށް ބުނެ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ދެ މީހަކު މިދިޔަ ބުދަ ދުވަހު ހައްޔަރުކުރިއިރު އެތަނުން އެކަކު އަދިވެސް ދޫކޮށް ނުލަ އެވެ.
އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ބުދަ ދުވަހުގެ ރޭ މާލޭގެ މަގުތަކަށް ނުކުމެ ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއަށްވެސް ފުލުހުން ވަދެ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި އެވެ. އެ މުޒާހަރާ ރިޕޯޓުކުރުމުގައި ހަރަކާތަތްތެރިވި ނޫސްވެރިންނަށް ފުލުހަކު އިންޒާރުދީފައި ވާއިރު، ހިނގާލުމުގެ ބައިވެރިންގެ މޫނަށް ޕެޕާ ސްޕްރޭކޮށް ތިން މީހަކު ހައްޔަރު ކުރިއެވެ. އެމީހުން އިއްޔެ ވަނީ ދޫކޮށްލާފަ އެވެ.
ރޭގެ މުޒާހަރާ ތެރެއިންވެސް ހަތް މީހަކު ހައްޔަރުކޮށްފައި ވާއިރު، ފުލުހުންގެ ފަރާތުން އަނިޔާ ލިބިގެން ދެމީހަކަށް ހޮސްޕިޓަލަށްވެސް ގެންދިޔަ އެވެ.
މި ލިއުމާއި ގުޅޭ