Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ ފޭސް 2

އެއް މިލިއަން ރުފިޔާ ލިބޭގޮތަށް އިސްލާމިކް ސެންޓަރެއް ޑިޒައިން ކުރުމުގެ މުބާރާތެއް

އެއް މިލިއަން ރުފިޔާގެ އިނާމަކާއެކު، އިސްލާމިކް ސެންޓަރެއްގެ ޑިޒައިން ކުރުމުގެ މުބާރާތެއް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގެ ކޮންމެ އާކިޓެކްޓަކަށްވެސް މި ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.

މި މުބާރާތުގައި ޑިޒައިންކުރަން ޖެހެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރެވެ. އެގޮތުން މި ޑިޒައިނަކީ ތަފާތު، އާ ޚިޔާލަކަށް ހަދާ ޑިޒައިނަކަށްވާއިރު، އެއްވެސް ތަނަކުން މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް އެ ޑިޒައިން ވެގެން ނުވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި މުބާރާތުން އެއް ވަނައަށް ދާ މީހަކަށް ހަތް ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ވަނަ އަށް ދާ މީހަކަށް ދެ ލައްކަ ރުފިޔާ ދޭން ހަމަޖެހިފައިޥާއިރު ތިން ވަނައަށް ދާ މީހަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި އިސްލާމިކް ސެންޓަރުގެ ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިން އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ސެމިނާ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކާލްސްރޫމްތަކާއި ކޮމާޝަލް އޭރިއާއަކާއި ރެކްރިއޭޝަނަލް އޭރިއާއެއް ހިމަނަންޖެހޭނެއެވެ.

މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު، މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހެވެ. މިމުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން، މިނިސްޓްރީގެ ރަސްމީ މެއިލް [email protected] އަށް މެއިލްއެއް ކުރުމުން ލިބޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ