Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އެމިރޭޓްސްއަށް ވަޑައިގަންނަވަނީ އެ ޤައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދަންނަވަން: މަބްރޫކު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މާދަމާ އެމިރޭޓްސްއަށް ވަޑައިގަންނަވަނީ އެ ޤައުމުގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒާއިދު އާލްނަހްޔާން އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދަންނަވަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މަބްރޫކު ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ރައީސް ޞާލިޙު އެމިރޭޓްސްއަށް ވަޑައިގަންނަވަނީ އެ ޤައުމުގެ ކުރީގެ ރައީސް ޝެއިޚް ޚަލީފާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

ނަމަވެސް މިއަދުގެ ވަގުތެއްގައި ޝައިޚް ޚަލީފާގެ ޖަނާޒާ ބާއްވައި، ކަށު ނަމާދުކޮށް އޭނާވަނީ ފަސްދާނުލާފައެވެ. އެހެންކަމުން ރައީސް ވަޑައިގަންނަވަނީ ކޮން ޖަނާޒާއެއްގައި ބައިވެރިވެވަޑައިގަތުމަށްތޯ "ދިޔަރެސް"އިން ސުވާލުކުރުމުން އެ ސުވާލަށް މަބްރޫކު އެއިރު ޖަވާބެއް ދެއްވާފައިނުވެއެވެ.

ހުރިހާ ނޫހެއްގައިމެ ރައީސް ޞާލިޙު ޝައިޚް ޚަލީފާގެ ޖަނާޒާއަށް އެމިރޭޓްސްއަށް ވަޑައިގަންނަވާ ވާހަކަ ރިޕޯޓުކުރިއިރުވެސް މަބްރޫކު ރަސްމީކޮށް މީޑިއާތަކަށް އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ހިއްސާނުކުރައްވައެވެ.

ޝައިޚް ޚަލީފާގެ ޖަނާޒާ މިއަދު ބާއްވާފައިވާކަމާއި އޭނާ ފަސްދާނުލާފައިވާކަން "ދިޔަރެސް"އިން ރިޕޯޓުކުރުމުން ހުރިހާ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ ރައީސް ވަޑައިގަންނަވަނީ އެމިރޭޓްސްގެ ޝާހީ ޢާއިލާއަށް ސީދާ ތައުޒިޔާ ދެންނެވުމަށް ކަމަށެވެ.

ރައީސް ޞާލިޙަކީ ވެރިކަމަށް ވަޑައިގެންނެވިފަހުން ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ބޭފުޅެކެވެ. ފާއިތުވި 2021 ވަނަ އަހަރު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކަށް ސޯޅަ މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ