Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުއިޣުރު މުސްލިމު

ޝިންޖިއާންގައި ޗައިނާއިން ހިންގާ "ރީއެޑިއުކޭޝަން ކޭމްޕްތައް" ތަހުގީގުކޮށްދިނުމަށް އުއިޣުރު މުސްލިން އެދިއްޖެ

ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި ދިރިއުޅޭ އުއިޣުރު މުސްލިމުން ބަންދުކޮށްގެން ޗައިނާއިން ހިންގާ "ރީއެޑިއުކޭޝަން ކޭމްޕުތައް" ތަހުގީގުކޮށްދިނުމަށް، ތުރުކީގައި ދިރިއުޅޭ އުއިޣުރު މުސްލިމުން އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އެންމެ އިސް އޮފިޝަލު ކިބައިން އެދިއްޖެއެވެ.

އިސްތަންބޫލުގައި އަންގާރަދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތުރުކީގައި ދިރިއުޅުއްވާ އުއިޣުރު މުސްލިމެއް ކަމުގައިވާ މިރްޒާ އަޙްމަދް އިލްޔާސްގްލޫ ވިދާޅުވީ، އދގެ އިންސާނީ ޙައްޤުތަކާ ގުޅޭ އެންމެ އިސް އޮފިޝަލު އެ ކޭމްޕުތަކަށް ވަޑައިގެން މިނިވަންކަމާއެކު އެ ކޭމްޕުތަކުގައި ތިބި މީހުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަން ގޮވައިލައްވާ ކަމަށެވެ. އަދި އެ ތަންތަނުގައި އިންސާނީ ޙައްޤުތަކުގެ ޙާލަތު ދުނިޔެއަށް ހާމަކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުުރަށް އިލްޔާސްގްލޫ ވިދާޅުވީ އދއިން އެތަނަށް ގޮސް ޗައިނާގެ ވާހަކަތައް އަޑުއަހައިގެން ރިޕޯޓެއް އެކުލަވައިލާނަމަ، އެކުލަވައިލެވޭނީ މުޅިން ނުރަނގަޅު ރިޕޯޓެއް ކަމަށާއި، އެކަމުގެ ސަބަބުން އދއާއި އެ ޖަމްއިއްޔާގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއަށް ލަނދުވެތި ހާލަތެއް ކުރިމަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތުރުކީގައި ދިރިއުޅޭ އުއިޣުރު ނަސްލުގެ މުސްލިމުން ގެންދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، ފާއިތުވި އަހަރުގައި އިސްތަންބޫލުގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓު ކުރިމަތީގައި އެމީހުންގެ އާއިލާ މީހުންގެ ފޮޓޯތަކާއެކު އިހުތިޖާޖުކުރަމުންނެވެ. އެއީ އެތައް މަހަކަށް ނުވަތަ އަހަރަކަށް އެ މީހުންނަށް މުވާސަލާތުނުކުރެވި ގެއްލިފައިވާ އާއިލާ މީހުންނެވެ.

މާޗު މަހުގައި އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އެންމެ މަތީ މަސްއޫލުވެރިޔާ މިޝެލް ބަޝެލެޓް ވިދާޅުވެފައިވަނީ މޭ މަހުގައި އޭނާ ޗައިނާއަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި އެ ޒިޔާރަތުގައި ޝިންޖިއާން ޕްރޮވިންސަށް ވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެފަދައިން މިޝެލް ވިދާޅުވެފައިވަނީ ޝިންޖިއާނުގެ އިންސާނީ ޙައްޤުތަކުގެ ހާލަތާ ގުޅޭ ގޮތުން އޭނާގެ އޮފީހުން އެކުލަވައިލަމުންދާ ރިޕޯޓެއް އާންމުކުރުން ލަސްވާތީ ފާޑުކިޔުމާއި ފިއްތުންތައް އޭނާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ގުރޫޕުތަކުން ބުނެފައިވަނީ ޝިންޖިއާނުގައި ހަދާފައިވާ ކޭމްޕުތަކުގައި އެއް މިލިއަނަށްވުރެ ގިނަ އުއިޣުރު މުސްލިމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޝިންޖިއާނުގައި ފުޅާދާއިރާއެއްގައި އިންސާނީ ޙައްޤުތަކާ ޚިލާފު އަމަލުތައް ހިންގާކަމަށް ޗައިނާ ސަރުކާރަށް ތުހުމަތުވެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ވަރަށް ގިނަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގިނަ އަދަދެއްގެ ޤައުމުތަކުން ތުހުމަތުކުރާ ގޮތުގައި ޗައިނާއިން ގެންދަނީ އެ ސަރަހައްދުގައި ގިނަ ބަޔަކު ހައްޔަރުކޮށް ބަންދުކުރުމާއެކު، އަޅު މަސައްކަތްކުރުވައި، ސިޔާސީ ގޮތުން މީހުންގެ ބުއްދި ދޮވެލުމާއެކު ލާއިންސާނީ އަނިޔާކޮށް، ގަދަކަމުން ދަރިން ނުލިބޭ އޮޕަރޭޝަން ކުރުވަމުންނެވެ. ޗައިނާއިން މި ހުރިހާ ތުހުމަތެއް ދޮގުކުރެއެވެ.

ޗައިނާއިން ބުނާ ގޮތުގައި ޝިންޖިއާނުގައި އެ ޤައުމުން ހިންގަނީ ވޮކޭޝަނަލް ޓްރެއިނިން ކޭމްޕުތަކެކެވެ. އަދި އެ ކޭމްޕުތަކުގެ ބޭނުމަކީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުން ކަމަށްވެސް އެ ޤައުމުން ބުނެއެވެ.

މި ލިއުމާއި ގުޅޭ