ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަންގައިގެން ބަޔަކު އިންޑިއާ އައުޓް ދިދަ އާއި ބެނާ ހަރުކުރަމުންދާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އަލީ ޒާހިރު އަންގައިގެން ބަޔަކު އެގޮތަށް ބެނާއާއި ދިދަ ނަގަމުންދަނީ އެއީ އިދިކޮޅުން ކުރާ ކަމެއްގެ ގޮތުގައި ދެއްކުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މާލެއާއި އަތޮޅުތެރޭގައި ހަރުކޮށްފައިހުރި ބެނާތައް ފުލުހުން ނަގަންފެށީ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރާއެކު އެވެ.
އެ ބެނާތައް ނަގަން ގެތަކަށް ވަންނަން ކޯޓު އަމުރު ނެރެދިނީ ކްރިމިނަލް ގާޒީ މުހައްމަދު މިސްބާހެވެ. އެ އަމުރު ނެރުނީ މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ޒާހިރުގެ އެންގުމަށް ފަތިސް ނަމާދުގެ ވަގުތެއްގަ އެވެ.
އޭގެ ފަހުން އިންޑިއާ އައުޓް ބެނާ ހަރުކުރި ބައެއް ގެތަކުގެ ވެރިން ވަނީ ފުލުހަށްވެސް ހާޒިރުކޮށްފަ އެވެ.