Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ

އިންބައުންޑް އެއަރ ޓްރެފިކް އިތުރުކުރަން އެމްއެމްޕީއާރްސީން ގަތަރު އެއަރވޭސްއާއެކު އެއްބަސްވެއްޖެ

ދިވެހިރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އިންބައުންޑް އެއަރ ޓްރެފިކް އިތުރުކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ގަތަރު އެއަރވޭސްއާއެކު އެއްބަސްވުމެެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2022 ގެ ހަވާސާގައި، ގަތަރު އެއަރވޭސްގެ ސްޓޭންޑްގައި އިއްޔެއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ދުބާއީގެ އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރ، ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދުއެވެ. ގަތަރު އެއަރވޭސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް ކޮމާޝަލް އޮފިސަރު ތިއެރީ އެންޓިނޯރީއެވެ.

މި އެއްބަސްމަށް ފަހު ރާއްޖެއަށް އަންނަ އިންބައުންޑް އެއަރ ޓްރެފިކް އިތުރުކުރުމަށް އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. އަދި ދެ ޤައުމު ގުޅިގެން ބިޒްނަސް ޓު ބިޒްނަސް އަދި ބިޒްނަސް ޓު ކަސްޓަމަރ ކެމްޕެއިންތައް ހިންގުމާއި، މީޑިއާ އިންފްލުއެންސަރސް އާއި ޓްރެވަލް ޕާޓްނަރުންނަށް ހާއްސަކޮށް ފެމިލިއަރައިޒެޝަން ދަތުރުތައް ހިންގުމާއި، ޓްރޭޑް ޕާޓްނަރުންނާއި ގުޅިގެން އެކި ހަރަކާތްތައް ހިންގާނެއެވެ.

އަދި އައިޑެންޓިފައިކުރެވިފައިވާ ކީ މާކެޓްތައް އެސެސްކޮށް، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ދެ ފަރާތުންވެސް މާކެޓިންގް ހަރަކާތްތައް އިންތިޒާމްކޮށް ހިންގުންވެސް މި އެއްބަަސްވުމުގައި ހިމެނެއެވެ.

އެމްއެމްޕީއާރުސީއިން މިހާރު ބައިވެރިވަމުންދާ އޭޓީއެމް 2022 ފެއަރއަކީ މެދުއިރުމަތީގައި ބާއްވާ ބައިނަލްއަޤްވާމީ ފަތުރުވެރިކަމާ ގުޅޭ އެންމެ ބޮޑު އެއް ހަރަކާތެވެ. ކޮންމެ އަހަރަކު ބާއްވާ މި ހަރަކާތް ކުރިއަށް ގެންދާތާ މިހާރު މިވަނީ 28 އަހަރުވެފައެވެ.

މި ހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްތައް އަދި ޕްރޮޑަކްޓްތައް ވިއްކާ ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ. އަދި މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެކެވެ.

މި ލިއުމާއި ގުޅޭ