Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުނގޫފާރު

އުނގޫފާރު ސްކޫލުގައި ޕްރިންސިޕަލަކު ނެތްތާ އެތައް ދުވަހެއް، ބެލެނިވެރިންގެ ކަންބޮޑުވުން

މި ހިނގާ ސެމިސްޓާގެ ކިޔެވުން ފެށުނީއްސުރެ ރ. އުނގޫފާރު ސްކޫލުގައި ޕްރިންސިޕަލަކު ނެތުމުން އެރަށުގެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އުނގޫފާރު ކައުންސިލްގެ ނައިބު ރައީސް ޔޫޝައު ނަސީމް "ދިޔަރެސް" އަށް ވިދާޅުވީ އެރަށު ސްކޫލުގައި މިވަގުތު ހުރީ ވަގުތީ ޕްރިންސިޕަލެއް ކަމަށާއި އެއީ އެ އަތޮޅު ހުޅުދުއްފާރުގައިވެސް ހަރަކާތްރެރިވަމުން އަންނަ ޕްރިންސިޕަލް ކަމަށެވެ.
"ދާއިމީ ޕްރިންސިޕަލަކު ނެތް މި ސެމިސްޓާ ފެށުނީއްސުރެ. އަދި ދާއިމީ ޕްރިންސިޕަލަކު ހަމަޖެހޭނެ ދުވަހެއްވެސް އަޅުގަނޑުމެންނަކަށް އަންގާފައެއް ނެތް،" ޔޫޝައު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކުރުމުން ބުނީ، ދާއިމީ ޕްރިންސިޕަލަކު ހަމަޖެއްސުން ލަސްވަނީ ސިވިލް ސާވިސް ތެރެއިން ޓްރާންސްފާ ހަމަނުޖެހިގެން ކަމަށެވެ.
ވީހާވެސް އަވަހަކަށް އުނގޫފާރު ސްކޫލަށް ދާއިމީ ޕްރިންސިޕަލަކު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް ސީދާ ތާރީހެއް އަންގާފައި ނުވާކަމަށް ޔޫޝައު ވިދާޅުވި އެވެ.

އެރަށު ސްކޫލުގައި ޕްރިންސިޕަލަކު ނެތްތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެކަމާ ގުޅިގެން ބައެއް ބެލެނިވެރިން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޔޫޝައު ވިދާޅުވި ގޮތުގައި މިހާރު އެރަށުގައި ހުރި ވަގުތީ ޕްރިންސިޕަލަކީ ދެރަށުގައި ހަރަކާތްރެރިވާ ފަރާތަކަށް ވާތީ އެރަށު ސްކޫލުގައި ޕްރިންސިޕަލަކު ހުންނަނީ ގިނަވެގެން ހަފްތާއަކު ތިން ދުވަހު އެވެ.
ދެރަށު ސްކޫލަށް ކަނޑުދަތުރުކޮށްފައި ދާން ޖެހޭތީ މޫސުން ގޯސްވުމާ ގުޅިގެންވެސް ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރިންސިޕަލަކު ނެތީމަ ގަބޫލުކުރެވެނީ ސްކޫލަށް ދަތިތައް ހުންނާނެ ކަމަށް، އެއީ މިކޮޅުގައި މިހާރު ހުންނަ ޕްރިންސިޕަލް ދެކޮޅުގައި ހަރަކާތްރެރިވާތީ،" ޔޫޝައު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ