Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޙުސައިން ޝިޔާން

ޗެއާޕާސަން އިންތިހާބާ ދިމާކޮށް ސްޓެލްކޯގެ ވަޒީފާތައް ވަކި ބަޔަކަށް ދޭކަމުގެ ތުހުމަތު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް ސްޓެލްކޯގެ ވަޒީފާތައް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ބޭނުން ބަޔަކަށް ދެމުން ދާކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ތުހުމަތު ކުރައްވައިފި އެވެ.

އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު، ޝަރީފް، ވަކި ބަޔަކު ބޭނުންވާ ގޮތަށް ވަޒީފާ ދެމުންދާ ކަމަށެވެ.
އެކަންތައް ވަރިހަމަކޮށްގެން ބަލަން ނުތިބޭނެ ކަމަށާއި އެގޮތަށް ވަޒީފާ ދިނުން ވަގުތުން ވަގުތައް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައިފަ އެވެ.

ޗެއާޕާސަން އިންތިހާބުގައި ވާދަކުރާ އިކޮނޮމިކް މިިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ޓީމުން އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަޒީފާގެ ބިރުދައްކާ ކަމަށާއި ވަކި ބަޔަކަށް ޕްރޮމޯޝަން ދެމުންދާކަމަށް، އޭނާގެ ވާދަވެރިޔާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ޓީމުން މީގެ ކުރިންވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން ފެނަކައިން ވެސް މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ވަކި މީހަކަށް ވޯޓުލުމަށް މަޖުބޫރުކުރުވާ ކަމަށް އިންތިގެ ޓީމުން މީގެ ކުރިން ތުހުމަތުކުތި ނަމަވެސް ފެނަކައިގެ އެމްޑީ އަހްމަދު ސައީދު އެކަން ދޮގުކުރެއްވި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޗެއާޕާސަން އިންތިހާބުގެ ފޯރި އެ ދުވަހެއް އަނެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، އެ އިންތިހާބުގައި ވާދަކުރާ ދެ ޓީމުގެ ފަރާތުން އެއްބަޔަކު އަނެއްބަޔަކަށް ކުރާ ތުހުމަތުތައްވެސް ގިނަ އެވެ.

އެގޮތުން އިންތިގެ ޓީމުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމަށް ފައްޔާޒުގެ ޓީމުން ތުހުމަތުކުރާއިރު، ފައްޔާޒުގެ ޓީމުން މަސައްކަތް ކުރަނީ ޕާޓީ "ފުނޑާލަން" ކަމަށް އިންތިގެ ޓީމުން ތުހުމަތުކުރެ އެވެ.

މި ލިއުމާއި ގުޅޭ