Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އީދު ހެދުން ލާން އެންގި އިންޑިއާ ޕްރިންސިޕަލެއްގެ މައްސަލަ ބަލަން ފަށައިފި

އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގެ ސިޓީއެއް ކަމަށްވާ ޕްރަޔަގްރާޖްގެ ސްކޫލެއްގެ ޕްރިންސިޕަލަކު ފިތުރު އިީދު ދުވަހުގެ މުނާސަބަތުގައި، ސްކޫލް ދަރިވަރުން އީދު ހެދުން ލުމަށްފަހު އީދުގެ ތަހުނިޔާ ކިޔާ ވީޑިއޯ މެސެޖެއް ހެދުމަށް އެދުމުން، އެ ޕްރިންސިޕަލްގެ މައްސަލަ އިންޑިއާ ފުލުހުން ބަލަން ފަށައިފިއެވެ.

އުމުރުން 47 އަހަރުގެ ބުޝްރާ މުސްތަފާ ނަމަކަށް ކިޔާ މި ޕްރިންސިޕަލްގެ މައްސަލަ ފުލުހަށް ހުށަހެޅީ އެސިޓީގައި ހަރަކާތްތެރިވާ ވިޝްވާ ހިންދޫ ޕަރިޝާދު ނަމަކަށް ކިޔާ ހަރުކަށި ހިންދޫ ޖަމާއަތަކުންނެވެ. އެ ޖަމާއަތުން ތުހުމަތުކޮށްފައިވާ ގޮތުގައި ބުޝްރާގެ އެ އަމަލަކީ ތަފާތު ދީންތަކުގެ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ހިންގި އަމަލެކެވެ.

1200 ދަރިވަރުން ތައުލީމު ހާސިލުކުރާ މި ސްކޫލް އިން އެހެން ދީންތަކުގެ ހާއްސަ ދުވަސްތައްވެސް މިފަދަ ގޮތަކަށް ފާހަގަކުރެއެވެ. ބުޝްރާ ބުނެފައިވާ ގޮތުގައި އީދުގެ ތަހުނިޔާ ކިޔުމަށްފަހު ވީޑިއޯއެއް ހަދަން އެދުނީ، އެ ސްކޫލުގައި ތަފާތު ދީންތަކުގެ ދަރިވަރުން ތިބޭއިރު، އެއްބަޔަކު އަނެއް ބައެއްގެ ދީނުގެ އެކަހަލަ ކަންކަން ދަސްކޮށްދިނުމަށް ކަމަށެވެ.

އެހެން ނަމަވެސް ހިންދޫ ހަރުކަށި ޖަމާއަތުން ވަނީ އެއީ ނަފްރަތު އަމަލެއް ކަމަށް ބުނެފައެވެ. އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ޕްރަޔަގްރާޖްގެ ފުލުހުންގެ ވެރިޔާ ބުނެފައިވާ ގޮތުގައި ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި އެކަން ކުރަން ބުޝްރާ އެންގީ ނަފްރަތު އުފެއްދުމުގެ ބޭނުމުގައިތޯ ތަހުގީގުން އެނގިގެން ދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އިންޑިއާގައި މުސްލިމުންނަށް މިފަދަ ކަންކަން ކޮންމެ ދުވަހަކުވެސް ކުރިމަތިވެއެވެ. ބައެއް ސްޓޭޓުތަކުގައި ބުރުގާ އަޅައިގެން ކޮލެޖަށް ދިޔުން މަނާކޮށްފައިވާއިރު އިންޑިއާގެ ވެރިރަށް ދިއްލީގައި މުސްލިމުން ހިންގާ ފިހާރަތަކާއި ކެފޭތައް ފަދަ ތަންތަން އިންޑިއާ ސަރުކާރުން ވަނީ ތަޅާލާފައެވެ.

މި ލިއުމާއި ގުޅޭ