ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތަށް އަރާފައިވާ ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލެއް ހަދަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ސްޓެލްކޯގެ ހިދުމަތްތަކާ ބެހޭ ގޮތުން ސަންގުޓީވީގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފު ވިދާޅުވީ ކަރަންޓު ބިލުގެ ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލެއް މިހާތަނަށް ނެތް ކަމަށާ، މިފަދަ އުސޫލެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ބައެއް ފަހަރު އަމިއްލަ ބާރުނެތި ވެސް ޖޫރިމަނާ އަރާފައި ހުންނަކަމަށާއި ނޭނގިހުރެ ގޮސް ޖޫރިމަނާ ބޮޑުވެފައި އެބަހުރިކަމަށެވެ. އެގޮތުން މިހެން ގޮސް އަސްލު ބިލަށް ވުރެ ޖޫރިމަނާ އެތަށް ތަނެއް ބޮޑުވެފައި ހުންނަކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވިގޮތުގައި މި އުސޫލުގެ ދަށުން ބިލް ދައްކަން ޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތް ކަމެއް ދިމާވެގެން، ނުވަތަ އޭނާއަށް ނޭނގޭ ކަމެއް ދިމާވެގެން ބިލްގެ ޖޫރިމަނާ އަރާނަމަ އެ ޖޫރިމަނާ މައާފު ކުރެވޭނެއެވެ.
މީގެއިތުރުން ޝަރީފަ ވިދާޅުވީ މީގެ އިތުރުން ޝަރީފު ވިދާޅުވީ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓު ބިލް ބޮޑުވުމުގެ މައްސަލަކަމަށާއި އެ މައްސަލައަށް ވެސް ހައްލު ހޯދަން މަސައްކަތް ފަށާފައިވާ ކަމަށެވެ.