Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެންޝަން އޮފީސް

ޕެންޝަން ފަންޑަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 625 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އަހަރު ޕެންޝަން ފަންޑަށް ފައިދާގެ ގޮތުގައި 625 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޕެންޝަން އޮފީހުން އާންމުކުރި އަހަރީ ރިޕޯޓްގައި ބުނެފިއެވެ.

އެ ރިޕޯޓުން ދައްކާ ގޮތުގައި އެ އަދަދަކީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ފައިދާ އަކީ ރިކޯޑު އަދަދެއް ކަމަށް އެ އޮފީހުން ހާމަކުރެއެވެ.

އެ އޮފީހުން ބުނީ އެ ފައިދާގެ އިތުރުންވެސް އިތުރު ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ފުލީ ޑިޖިޓަލައިޒްކޮށް އޮންލައިންކޮށް ހިދުމަތް ލިބޭނެ ގޮތް ހަދާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އެކަމުގެ އިތުރުން ކޮންޓްރިބިއުޓާ ކަލެކްޝަންގެ ގޮތުގައި މިދިޔަ އަހަރު ޕެންޝަން ފަންޑަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޕެންޝަން އޮފީހުން ހާމަކުރެއެވެ.

ވަޒީފާ ދޭ ފަރާތުން މަދުވެގެން ކޮންމެ މަހަކުވެސް ހަތް ޕަސެންޓު ޕެންޝަން ފަންޑަށް ޖަމާ ކުރަން ޖެހެއެވެ. އަދި މުވައްޒަފުގެ މުސާރައިން ވެސް ހަތް ޕަސެންޓާއެކު ޖުމްލަ 14 ޕަސެންޓު ކޮންމެ މަހަކު ޕެންޝަން ފަންޑަށް ވަޒީފާ އަދާކުރާ މީހުންގެ ޖަމާވާނެއެވެ.

މި ލިއުމާއި ގުޅޭ