Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޝަހީމް އަލީ ސައީދު

ރާއްޖޭގައި ޒަކާތާ ބެހޭ ޚާއްޞަ އިދާރާއެއް އުފައްދަން ޖެހޭ: ޑރ. ޝަހީމް

ރާއްޖޭގައި މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ޒަކާތާ ބެހޭ ޚާއްޞަ އިދާރާއެއް އުފައްދަން ޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ އެފަދަ އިދާރާއެއް އުފައްދައި އަހަރުން އަހަރަށް ލިބޭ ޒަކާތް ބެހުމުގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުން ވަކި މިންވަރެއް ބެހެނިވެރިންގެ ޙައްޤުގައި އިންވެސްޓްކުރުމަކީ ޤައުމުން ފަޤީރުކަން ނައްތާލުމުގެ މަގެއްކަމަށެވެ.

އެގޮތުން އިންވެސްޓްކުރެވޭ ފައިސާއިން ލިބޭ ފައިދާއިން ފަޤީރުންނަށް ބޭނުންވާ އެންމެހާ ޒަރޫރީކަންކަން ކުރެވޭނެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ޑރ. ޝަހީމް ވިދާޅުވީ އެކަމުގެ ސަބަބުން ދިރިއުޅޭނެ އެޕާޓްމަންޓް ދިނުމާއި ބޭސް ފަރުވާއާއި ތަޢުލީމާއި މިފަދަ ކަންކަން ދަރަންޏަކާ ނުލައި ކުރެވޭނެކަމަށެވެ.

މީގެއިތުރުން ޑރ. ޝަހީމް ވިދާޅުވީ މިފަދަ އުފައްދާ އިދާރާއެއް ހިންގުމަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަން ނުޖެހޭނެކަމަށާއި އެއިދާރާއެއް ވަންނާނީ ޒަކާތުގެ ޢާމިލްގެ މަފްހޫމުގެ ތެރެއަށްކަމަށެވެ.

ޢާމިލުންނަކީ ޒަކާތް ނަގައި ބަހާ ފަރާތްތަކެވެ. ޝަހީމް ވިދާޅުވީ ޒަކާތު ހައުސްއެއް ހިންގުމުގެ އެންމެހާ ޚަރަދެއް ކުރާނީ ސީދާ ޒަކާތުގެ ޢާމިލުންގެ ބައިންކަމަށެވެ.

މިކަމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ދުނިޔޭގެ މުދަލު ޒަކާތް ނަގައި ބެހުމުގައި އެންމެ ލާމަސީލު އިދާރާއަކީ ކުވައިތުގެ ޒަކާތު ހައުސްކަމަށެވެ. އެގޮތުން ކުވައިތުގެ ޒަކާތު ހައުސް އަށް 2019 ވަނަ އަހަރު އޯއައިސީއިން އެވޯޑް އަރުވާފައިވާކަންވެސް ޝަހީމް ފާހަގަކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ