Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 271.82 މިލިއަން ރުފިޔާ

ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 271.82 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ މާލީ ނަތީޖާ އެކުންފުނީގެ ވެބްސައިޓުގައި މިއަދު އާއްމު ކޮށްފައިވާއިރު އެކުންފުނީގެ 41 އަހަރުވީ ހަޔާތުގައި އެންމެ ރަނގަޅު ފައިދާއެއް މިހާތަނަށް ލިބުނު އަހަރަކަށް މިދިޔަ އަހަރު ވަނީ ވެގެން ގޮސްފައެވެ/

އެގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވާއިރު މި އަދަދަކީ 2020ވަނަ އަހަރާއި އަޅާ ބަލާއިރު 21 ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްޓީސީސީ އިން މިދިޔަ އަހަރު ޖުމްލަ 1.97 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރިއެވެ. 2020 ގައި ކުރީ 1.39 ބިލިއަން ރުފިޔާގެ ވިޔަފާރިއިރު ފައިދާގެ ގޮތުގައި ޖެހުނީ 224.71 މިލިއަން ރުފިޔާއެވެ.

ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 3.50 ރުފިޔާ އަދި ޖުމުލަ ހިއްސާގެ ފައިދާގެ ގޮތުގައި 28.13 މިލިއަން ރުފިޔާ ބަހަން ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފައެވެ. މިއީ ކުންފުނީގެ ތާރީހުގައި ވެސް ހިއްސާއަކަށް އެންމެ މަތީ މިންވަރެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

އެމްޓީސީސީ އިން ބުނީ އުމްރާނީ ތަރައްގީގެ އާ 57 މަޝްރޫއުއެއް ކުންފުންޏާ ހަވާލުކޮށް 27 މަޝްރޫއުއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޖުމުލަ 304 ހަރަކާތެއް ހިންގާފައިވާ ކަމަށްވެސް ބުންޏެވެ.

މި ލިއުމާއި ގުޅޭ